24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މަސްތުވާތަކެތި ބޭނުންކުރުން

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

  • އަމިއްލަ އިހުތިޔާރުގައި މަސްތުވެ ހުރެ ކުށަށް އަރައިގެންފިނަމަ ޒިންމާ އުފުލަންޖެހޭ
ލައިޝާ އަހްމަދު | LailaAhmeds

| 15 އޭޕުރިލް 2019 | ހޯމަ 14:22 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް މަސްތުވާތަކެތި -- މޯލްޑިވްސް ޕޮލިސް ސާރވިސް

ޖިނާއީ އެކި ކުށްތައް ކުރާ މީހުންނަށް ވެސް ޤާނޫނުން ލިއްބައިދޭ ތަފާތު ދިފާއުތަކެއް ހުރެއެވެ. ނަފްސާނީ މައްސަލައެއް ހުންނަ "މޮޔަ" މީހަކު ކުށެއް ކޮށްފިނަމަ ދިފާއެއް ގޮތުގައި އެކަން ނެގެއެވެ. އިންސާނާގެ ޖަޒުބާތަށް އިންތިހާއަށް އަސަރުކުރާފަދަ ކަމެއް ދިމާވުން ނުވަތަ "ޕްރޮވޮކޭޝަން" އަކީވެސް ބައެއް ހާލަތްތަކުގައި ދިފާއެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ނުވަތަ ތިމާގެ ފުރާނައަށް ނުރައްކާވާ ފަދަ މަޖުބޫރީ ހާލަތެއްގައި ކުށަށް އަރައިގަންނަ މީހާއަށް ވެސް ޤާނޫނީ ގޮތުން ދިފާއެއް ކަމުގައި ބެލެވޭ ހާލަތްތަކެއްވެއެވެ. އަދި ހުއްދަ މަޤްސަދެއް ހާސިލު ކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް ވެސް ބައެއް ފަހަރު އެމީހާއަށް ނެގޭ ދިފާއަކަށްވެގެންދެއެވެ. އޭގެ އިތުރުން ވެސް ކުށްކުރާ މީހާއަށް އެކި ދިފާއުތައް ފަހިވެފައިވާއިރު، މަސްތުވެގެން ހުރެ ކުށަށް އަރައިގަތުން ނުވަތަ މަސްތުވުމަކީ ދިފާއެއް ކަމުގައި ބެލެވޭނެތޯއެވެ؟

މަސްތުވުން ނުވަތަ "އިންޓޮކްސިކޭޝަން"އަކީ މަސްތުގެ ހާލަތުގައި ކުށަށް އަރައިގަންނަ މީހާ އެކުށުން ސަލާމަތް ވުމަށް ޖިނާއީ ޤާނޫނުގައި ބޭނުންކުރެވޭ ދިފާއެކެވެ. ނަމަވެސް މި ދިފާއު ލިބިގެންދަނީ ވަކި ޚާއްސަ ޝަރުތުތަކެއް ހަމަވާނަމައެވެ. އެގޮތުން މަސްތުވުން ދެގޮތަކަށް މާނަކުރާއިރު، އެ ދެ ހާލަތުގައި ވެސް ދިފާއު ލިބިދިނުމާއި ނުދިނުން ތަފާތުުވެގެންދެއެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ތިމާ އަމިއްލަ އިހުތިޔާރުގައި މަސްތުވުން ކަމަށްވާއިރު، ދެވަނަ ހާލަތަކީ އެމީހަކަށް ނޭނގި އެހެން މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ އޭނާއަށް ނޭނގި އެހެން މީހަކު ދޭ އެއްޗެއްގެ ސަބަބުން މަސްތުވުމެވެ. 

މި ދެ ހާލަތަށް ބަލާއިރު، ތިމާ އަމިއްލަ އިހުތިޔާރުގައި މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ފަހު ކުށަށް އަރައިގެންފިނަމަ އިންޓޮކްސިކޭޝަންގެ ދިފާއެއް ނުނެގޭނެއެވެ. އެގޮތުން ތިމާއަށް އެނގިހުރެ ހަށިގަނޑަށް ވާސިލުކުރާ އެއްޗެއްގެ ސަބަބުން މަސްތުވުމާއި، ކުށަކަށް އަރައިގަނެވޭ މިންވަރަށް މަސްތުވެދާނެ ކަމަށް އަމިއްލައަށް ޤަބޫލު ނުކުރެވި ހުރެ މަސްތުވުން ވެސް ބެލެވޭނީ ޤަސްތުގައި މަސްތުވުން ކަމަށް ޤާނޫނުލްއުޤޫބާތުގެ 31 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވެއެވެ. 

އޭގެ މިސާލީ ގަޟިއްޔާއެއްގެ ގޮތުން "އާރް ވ ހާރޑީ 1985" ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިކޭސްގައި ހާރޑީގެ ބައިވެރިޔާ ގެއިން ނުކުތުމަށް އެންގުމުން އެކަމާ ކަންބޮޑުވެގެން ހުރެ މުއްދަތު ހަމަވެފައިވާ "ސެޑޭޓިވް ވޭލިއަމް" ގުޅަތަކެއް ކާލިއެވެ. އަދި އެހާލަތުގައި ހުރެ ގޭގައި ރޯކޮށްލާފައިވާއިރު، އެދައުވާ އުުފުލުމުން ހާރޑީ ބުނީ އެކަން ކުރީ ގަސްތުގައި ނޫން ކަމަށާއި، މަސްތުގެ ހާލަތުގައި ހުރުމުން ކަަމަށެވެ. ނަމަވެސް އިސްތިއުނާފީ މަރުހަލާގައި ކޯޓުން ނިންމީ އޭނާ އެ ބޭސްތައް ކެއީ ގަސްތުގައި ކަމަށްވެފައި، ބޭސް ކެއި އިރު އޭގެން ކޮށްފާނެ އަސަރަކަށް ވިސްނާނުލައި ކެެއުމުން އެ ހާލަތުގައި އޭނާ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށެވެ. 

އަމިއްލަ އިހުތިޔާރުން ބޭރުގައި މަސްތުވުމަކީ އެމީހަކު ކުރި ކުށަށް މާފް ލިބިދޭ ދިފާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޤާނޫނުލްއުޤޫބާތުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެހާލަތުގައި މާފް ލިބިދިނުމުގައި ވެސް ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. އެގޮތުން ކުރާ ކުށުގެ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތެއްގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން ޝަރުތެއްގެ ގޮތުގައި ހިމެނެއެވެ. މާނައަކީ އިހުތިޔާރުން ބޭރުގައި މަސްތުވެގެން ހުންނަ މީހާއަށް ވެސް އެމީހާ ކުރާ ކުށުގެ އަމަލާއި އޭގެ ނަތީޖާ ސާފުކޮށް ދެނެގަނެވޭނަމަ އެއީ ދިފާއެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އޭގެ އިތުރުން، ކުށުގެ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުމާއި، އެ އަމަލު ހުއްޓުވުމަށް ބާރެއް ހިންގުމަށްވެސް ނުކުޅެދިގެންވާނަމަ އެއީ ދިފާއެއްގެ ގޮތުގައި ބެލެވެއެވެ. 

އެގޮތުން އަމިއްލަ އިހުތިޔާރުގައި ނޫން ގޮތަކަށް މަސްތުވި ކަމަށް ބެލެވޭ 2 ހާލަތެއް ޤާނޫނުލްއުޤޫބާތުގެ 54 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެކަން ކުރިމަތިވީ އެމީހަކަށް ނޭނގި ހަށިގަނޑު ތެރެއަށް ވާސިލު ކުރި އެއްޗެއްގެ ސަބަބުން ކަމަށްވާނަމަ އެއީ އަމިއްލަ އިހުތިޔާރުން ބޭރުން މަސްތުވުން ކަމަށް ބެލެވޭނެއެވެ. އަދި އެފަދަ ހާލަތްތަކުގައި މަސްތު ކުރުވި އެއްޗެއްގެ ނިސްބަތަށް ބަލާއިރު، އެކަމަކުން އާންމު ގޮތެއްގައި މަސްތުވެދާނެ މިންވަރަށް ވުރެ ބޮޑަށް މަސްތުވެފައިވާނަމަ އަދި އެމީހެއްގެ ހަށިގަނޑުގެ ކަންކަން ހުންނަ ގޮތުން އެކަން އެހެން ވެދާނެކަން ދެނެގަނެވިފައި ނުވާ ނަމަވެސް ބެލެވޭނީ އަމިއްލަ އިހުތިޔާރުން ބޭރުން މަސްތުވުން ކަމަށެވެ. 

ރާއްޖޭގައިވެސް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، އޭގެ ތެރެއިން ނިސްބަތުން ގިނަ މީހުންނަކީ އަމިއްލަ އިހުތިޔާރުގައި މަސްތުވެފައިވާ ކަމުގެ ކުށް ސާބިތުވާ މީހުންކަން ފާހަގަ ކޮށްލެވެއެވެ. އަދި މަސްތުވާއެއްޗެހި ބޭނުންކޮށްގެން ހުރެ ވައްކަމާއި ފޭރުން ފަދަ ތަފާތު ކުށްތަކަށް އަރައިގަތުން ވެސް މި މުޖުތަމައުގައި އާންމުވެފައިވާއިރު، އެފަދަ ހާލަތެއްގައި މަސްތުވުމަކީ އެމީހަކު އަރައިގަންނަ ކުށަކުން ބަރީއަވުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވަތަން އެދޭގޮއް

1 ހަފްތާކުރިން

ދެން ރާއްޖޭ އެމްވީ އާ ރާއްޖެ ޓީވީ ތިޔަވާހަކ ދައްކަންވީނު.. މަސްތުވެގެން ހުރެ ކުރާކުށައް ރާއްޖެގައި އަދު ނުދޭށޭ ..އަދި މަސްތުވުމަކީ ކުށެއް ނޫން ކަމައް އމޑީޕީ ރައްޔިތުންމަޖިލިސް މެމބަރުނ ގާތުގައި ބުނެގެން ގާނޫނު އަވހައް ފާސްކޮއްލާ

0
0