22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ފްރެންޗް ލީގު

ފްރެންޗް ލީގު: ޕީއެސްޖީގެ މައްޗަށް ލިލްއިން ކުރިހޯދައިފި

  • ލިލް މެޗު ކާމިޔާބުކުރީ ޕީއެސްޖީ އާއި ވާދަކޮށް 01-05
މިއުނާ ހަސަން | @miuna_hassan

| 15 އޭޕުރިލް 2019 | ހޯމަ 14:11 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޕީއެސްޖީ އާއި ލިލް ވާދަކުރި މެޗުގެ ތެރެއިން -- ގޫގުލް

ފްރެންޗް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ޕީއެސްޖީގެ މައްޗަށް ކުރިހޯދައި ބޮޑު ތަފާތަކުން ލިލްއިން ކާމިޔާބު ކޮށްފިއެވެ. 

ލިލް މެޗު ކާމިޔާބުކުރީ ޕީއެސްޖީ އާއި ވާދަކޮށް 01-05 ގެ ނަތީޖާއަކުންނެވެ. 

ލިލްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ލިލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ޕީއެސްޖީއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 

މެޗުގެ ހަތް ވަނަ މިނެޓުގައި ޕީއެސްޖީގެ ތޯމަސް މެނުއަރގެ އަތުން ވަންގޯލާއެކު ލިލްއިން މެޗުގެ ލީޑް ނެގިއިރު ޕީއެސްޖީން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކީލިން އެމްބަޕޭގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށްދިނީ ޖުއާން ބަރނެޓްއެވެ. 

މި ލަނޑަށް ފަހުގައި ލިލްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ފަހަތަށް ބާރުބޮޑު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޕީއެސްޖީ ޕްރެޝަރަށް ވެއްޓި އެ ޓީމުގެ ކުޅުން ދަށްވެ، މެޗުގެ 36 ވަނަ މިނެޓުގައި ޖުއާން ބަރނެޓްއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި ޕީއެސްޖީ ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކުއެވެ. 

މެޗުގެ ފުރަތަމަ ހާފް ނިމުނީ 01-01 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. 

ދެވަަނަ ހާފް ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިލްއިންނެވެ. މި ހާފުގައި ލިލްއިން ވަނީ ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ނަނިޓާމޯ އިކޯންގެ އެހީތެރި ކަމާއެކު ނިކޮލަސް ޕެޕެ ލިލްއަށް ލީޑް ނަގައި ދިނެވެ. 

ލިލްއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުން ތިން ވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކޮށްދިނެވެ. މި ލަނޑު ނަނިޓާމޯ އިކޯންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ޖޯނަތަން ބަމްބާއެވެ. 

ޕީއެސްޖީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، އެ ޓީމުގެ ޑިފެންޑަރުންނަށް ލިލްގެ ހަމަލާތައް ދިފާއު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭގެ އެހީތެރި ކަމާއެކު ގެބްރިއެލް ޑެ ސަންޓޭސް ލިލްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ. 

މި ނަތީޖާ އާއިއެކު ފްރެންޗް ލީގުގެ އެއްވަނާގައި ކުޅުނު 31 މެޗުން ހޯދި 81 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު، ލިލް އޮތީ ތާވަލުގެ ދެވަނާގައި ކުޅުނު 32 މެޗުން ހޯދި 64 ޕޮއިންޓާއެކުއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް