24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ނިއުޕޯޓް ވިއުގެ މައްސަލަ

ނިއުޕޯޓް ވިއު ހިންގަނީ ގަވައިދާ ޙިލާފަށް: ޕްލޭނިންގ މިނިސްޓްރީ

  • ބިން ހުސްކުރަން އެންގީ ޑިސެމްބަރު މަހުން ފެށިގެން ކުލި ނުދައްކާ އޮތުމުން
  • އެއްބަސްވުމުގައިވާ ގޮތުން، ކުލި ނުދައްކައިފި ނަމަ އިތުރު މުއްދަތެއް ނުދީ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ
އަމަން ހަލީމް | soupized

| 15 އޭޕުރިލް 2019 | ހޯމަ 13:16 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ލޮނުޒިޔާރަތް ކޮޅުގައި ހިންގާ ނިއުޕޯޓް ވިއު -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއު މިހާރު ހިންގަމުންދާ ގަވައިދާ ޙިލާފަށް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަން ހުސްކުރަން އެންގީ ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނުދައްކާ އޮތުމުން، އެއްބަސްވުމުގައި ވާގޮތަށް މިނިިސްޓްރީއަށް ލިބިފައިވާ އިޙްތިޔާރުގެ ދަށުން ކަމަށެވެ. އެގޮތުން މިނިސްޓްރީން އެއްބަސްވުން ބާތިލްކޮށްފައި ވަނީ މާރޗް ހަތް ވަނަ ދުވަހުގައި ކަމަށާއި، އެ ދުވަހުން ފެށިގެން ތަން ހުސްކުރަން 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ ކުލި ނުދައްކައިފި ހާލަތެއްގައި އިތުރު މުހުލަތެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ކުރުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ޕްލޭނިންގ މިިނިސްޓްރީއިން ބުނެފައި ވަނީ ބިން ހުސްކުރަން ދީފައިވާ މުހުލަތު ހަމަވެފައިވުމާ އެކު، މިހާރު ނިއުޕޯޓް ވިއު ހިންގަމުން ދަނީ ގަވައިދާ ޙިލާފަށް ކަމަށާއި، އެތަން ހުސްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަށް އޮންނަ އުސޫލުގެ މަތިން ކުރިޔަށް ގެންދާ ކަމަށެވެ. 

ނިއުޕޯޓް ވިއު މައްސަލައާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާން

ނިއުޕޯޓް ސަރަހައްދު ސަރުކާރަށް ނެގުމަށް ފަހު ނިންމާފައި ވަނީ، ސަރުކާރުން ރާވާފައިވާ ތަރައްގީގެ ޕްލޭންއާއި އެއްގޮތަށް އާންމުންނަށް ހިތްފަސޭހަކޮށްލަން ވަގުތުހޭދަ ކުރެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި ޕާކެއް ތަރައްގީ ކުރުމަށް ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. 

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން ނިއުޕޯޓް ވިއު ހިންގާ ސްޓްރާޑާ ކުންފުންޏަށް އެބިން ކުއްޔަށް ދީފައިވަނީ 22 ސެޕްޓެމްބަރު 2016 ގައެވެ. ފުރަތަމަ ވެވުނު އެއްބަސްވުމުގައި ތިން އަހަރުގެ މުއްދަތަކަށް އެތަން ކުއްޔަށް ދިން ކަމުގައިވީ ނަމަވެސް 13 އޭޕްރީލް 2017 ގައި ވަނީ އެއްބަސްވުމުގައިވާ މުއްދަތު އަށް އަހަރަށް އިތުރުކޮށްފައެވެ. ސްޓްރާޑާ ކުންފުންޏަށް އެބިން ކުއްޔަށް ދީފައިވަނީ ބްރިޖް ވިއުއިންގ ޕްލެޓްފޯމަކާ ފުޑް އައުޓްލެޓެއްގެ އިތުރުން ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ޕާކިން ޒޯނެއް ވެސް ތަރައްގީކުރާ ގޮތަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް