24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އެޗްޑީސީ

''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

  • ރޯމަހުގެ ބާވަތްތަކަށް ޚާއްސަކޮށް 20 ގޮޅި
  • މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް 37 ގޮޅި ދޫކުރާނެ
އަމްނާ އިމާދު | @amnabinthimad

| 15 އޭޕުރިލް 2019 | ހޯމަ 13:00 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ހުޅުމާލެ ފޭސް އެކެއް -- ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގާއިމްކުރި ''ރަށު މާރުކޭޓު'' އަށް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ .

އެޗްޑީސީން ބުނީ ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި އެއް ތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށް ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި ގާއިމްކުރި ތަނެއް ކަމަށެވެ.  

އެޗްޑީސީން ބުނީ މި މާރުކޭޓު ފަރުމާކުރެވިފައި ވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ގޮޅިތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އަސާސީ ވަސީލަތްތައް ހިމެނޭނެހެން ފަރުމާކޮށް ތަރައްގީކޮށް ނިމިފައިވާ މި ގޮޅިތަކުގެ ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް)ތަކަށް ބޮޑުމިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.

ރަށު މާރުކޭޓު ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުމާއި، މަދުވެގެން ހަ މަސް ވެފައިވާ ވިޔަފާރިއެއް ކަމުގައި ވުމެވެ. އަދި މި ކެޓެގަރީއަށް ޕްރައިވެޓް ކުންފުނި އަދި ޕަބްލިކް ކުންފުނިތަކަށް ފޯމް ހުށަނޭޅޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު 9:00 އިން 15:00 އާއި ދެމެދު ކަމަށާއި، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް