19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސީރިއާ ހަނގުރާމަ

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

  • "އޮޕަރޭޝަން ޔޫފްރޭޓްސް ޝީލްޑް" ފަށާފައިވަނީ އޯގަސްޓްމަހު
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 24 ފެބުރުވަރީ 2017 | ހުކުރު 17:31 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


"ފްރީ ސީރިއަން" އާމީގެ ހަނގުރާމަވެރިއެއް ހަތިޔާރާއި އެކު -- ގޫގުލް

ތުރުކީގެ މަދަދާއެކު ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިން ސީރިޔާގެ އަލްބާބު އެއްކޮށް ކަހަލަގޮތަކަށް ކޮންޓްރޯލް ކޮށްފައި ވާކަމަށް ތުރުކީގެ ޑިފެންސް  މިނިސްޓަރު ވިދާޅުވެއްޖެ ކަމަށް ދައުލަތުގެ މީޑިއާ އަނަދޮލޫއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ.

 

އަނަދޮލޫ ރިޕޯޓް ކުރާގޮތުން މިހާރު ކުރަމުންދަނީ މައިންތައް ހޯދައި ނައްތާލުމުގެ މަސައްކަތެވެ.

 

ތުރުކީގެ ޓޭންކަރުތަކާއި، ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަދި ސްޕެޝަލް ފޯސްގެ އެހީ ލިބިފައިވާ ދި ފްރީ ސީރިއަން އާމީ އިން އަލްބާބުގެ މެދުތެރެއަށް ވަދެފައިވާކަމަށް އަނަދޮލޫއަށް ދެއްވި އިންޓަވިއުގައި އިސިކް ވިދާޅުވެފައިވެއެވެ.

 

އައިއެސްގެ އަތްދަށުން ތުރުކީގެ ސަރަހައްދީ ރޮނގު ކައިރިން އައިއެސް ފައްސާލައި ސީރިއާގެ ކުރުދީ ހަނގުރާމަވެރިން ކުރިއެރުން ހުއްޓުވުމަށް ތުރުކީއިން ސީރިޔާގައި "އޮޕަރޭޝަން ޔޫފްރޭޓްސް ޝީލްޑް" ފަށާފައިވަނީ އޯގަސްޓްމަހުއެވެ.

 

ތުރުކީގެ ސަރަހައްދީ ރޮނގާއި 30 ކިލޯމީޓަރު ދުރުން އޮންނަ، އައިއެސްގެ ބާރުގަދަ ސަރަހަދެއްކަމަށްވާ އަލްބާބުގެ ކޮންޓްރޯލް ލިބުމާއެކު މިހާރު ވެސް ތުރުކީއިން ބަފަރ ޒޯންއެއް ހަދާފައިވާ އެ ސަރަހައްދުގައި ތުރުކީގެ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

 



 


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް