24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިސްތިސްގާ ނަމާދު

ވާރޭ ނުވެހި ގިނަ ދުވަސްވަމުންދާތީ މުޅި ރާއްޖޭގައި އިސްތިސްޤާ ނަމާދުކޮށްފި

  • އިސްތިސްޤާ ނަމާދުކުރަމުން ދިޔަ ވަގުތު ވާރޭ ވެހުނު
ލައިޝާ އަހްމަދު | LailaAhmeds

| 15 އޭޕުރިލް 2019 | ހޯމަ 12:56 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އިސްލާމީ މަރުކަޒު -- ގޫގުލް

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހޭތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްތިސްޤާ ނަމާދު ކޮށްފިއެވެ. 

ހޯމަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ނަމާދު ކޮށްފައިވާއިރު، އިސްލާމީ މަރުކަޒުގައި އިސްތިސްޤާ ނަމާދު ކުރައްވައި ޚުތުބާ އިއްވައިދެއްވީ މަޝްހޫރު ދީނީ އިލްމުުވެރިޔާ ޑރ. މުހައްމަދު އިޔާޒެވެ. 

މާލޭގައި އިސްތިސްޤާ ނަމާދު ކޮށްފައި ވަނީ އައުޡަމް ނުވަތަ އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅު ތެރޭގެ ކޮންމެ ރަށެއްގެ އެންމެ ޖާގަ ބޮޑު މިސްކިތުގައި އިސްތިސްޤާ ނަމާދު ކުރިއެވެ.

އިސްތިސްޤާ ނަމާދުގެ ޚުތުބާގައި ވަނީ އިސްތިސްޤާ ކުރުމަކީ އެކަމުގެ ސަބަބުން ފައިދާވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ﷲގެ ބަރަކާތް އިތުރުވެ ރިޒުޤު އިތުރުކޮށްދެއްވާ ކަމަށެވެ. 

"މިހާލަތުގައި އެންމެ އައުލާވެގެންވަނީ އިސްތިޢުފާރުކުރުން ގިނަ ކުރުން، އެކަމުގެ ސަބަބުން މާތް ﷲ އެކަލާނގެ ދެއްވާ ބަރަކާތްތެރި ރިޒުޤު އިތުރުކޮށްދެއްވައި، ވާރޭ ވެއްސަވައިދެއްވާ، އަނބި ދަރިންގެ ކަންކަން ހެޔުކޮށްދެއްވައި ގަސްގަހާގެހި ފަޅުއްވައި އެތަކެތިން ގޮވާމާއި މޭވާތައް ނެރުއްވައި، އެކަލާނގެއަށް އިޚުލާސްތެރިވާ އަޅުންނަށް ރިޒުޤު ތަނަވަސްކޮށްދެއްވާ" އިސްތިސްޤާ ނަމާދުގެ ޚުތުބާގައި ބުނެފައި ވެއެވެ. 

އިސްތިސްގާ ނަމާދަކީ ދުނިޔޭގެ ގައުމުތަކުގައި ފެނަށް ޖެހުމުުން  ކޮށް އުޅޭ ނަމާދެކެވެ. އާއްމުކޮށް އިސްލާމީ ގައުމުތަކުގައި މި ނަމާދު ކުރެއެވެ.

ރާއްޖޭގެ ގިނަ ސަރަަހައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިސްތިސްޤާ ނަމާދު ކުރަމުން ދިޔަ ވަގުތުގައި މާލެ އާއި ކަންކޮޅުތަކަށް ތުނިކޮށް ވާރޭވެހުނުކަން ފާހަގަކޮށްލެވެއެވެ. އަދި ހޮނިހިރާއި އާދީއްތަ ދުވަހު ވެސް ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭވެހިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް