24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ވެލާ ރިސޯޓުގެ މައްސަލަ

ވެލާ ރިސޯޓުން ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

  • ވެލާ ރިސޯޓުން 43 މިލިއަން ޑޮލަރު ހޯދަން އެދިފައިވޭ
ލައިޝާ އަހްމަދު | LailaAhmeds

| 15 އޭޕުރިލް 2019 | ހޯމަ 12:43 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ވެލާ ރިސޯޓު -- ގޫގުލް

ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނ. ފުށިވެލަވަރުގައި ތަރައްގީކޮށް ހިންގަމުންދާ ރިސޯޓް, ވެލާ ޕްރައިވެޓް އައިލެންޑް ފަރާތުން 43 މިލިއަން ޑޮލަރު ހޯދުުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި ވެލާ ރިސޯޓުން ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. 

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ށ. ފޯކައިދޫ، އަހުމަދު އަޝްފާގުއެވެ. އޭނާ ހުށައަޅާފައި ވަނީ، 2013 ވަނަ އަހަރުގައި އެ ކުންފުނީގެ ލޭންޑްސްކޭޕް މެނޭޖަރާއި އަހުމަދު އަޝްފާޤާ މެދު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެކި ފަހަރުމަތިން އެ ރިޒޯޓަށް ގަސްތަކެއް ވިއްކުމަށް ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ އަގު ދިނުމަށް ކުންފުނިން އިންކާރު ކުރި ކަމަށް ބުނެ, މަސައްކަތުގެ އަގާއި އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވެލާ ރިސޯޓްގެ ފަރާތުން 43 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. ނަމަވެސް އަޝްފާގުގެ ދައުވާ ސާބިތުކުރުމަށް އެއްވެސް އެކަށީގެންވާ ހެއްކެއް ނެތްކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. 

މި މައްސަލައިގައި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައި ވަނީ، ގަސް ގަތުމުގެ މުއާމަލާތްތައް ކުންފުނިން ހިންގާފައިވާނީ ކުންފުނި ދަންނަ ފަރާތެއް ކަމަށްވާ މުހައްމަދު ސައީދާ އެކު ކަމަށާއި، އަޝްފާޤަކީ ސައީދުގެ ސަބް ކޮންޓްރެކްޓަރެއް ކަމަށާއި، އެ މުއާމަލާތްތަކުގެ ތެރެއިން ދޭން ޖެހޭ ފައިސާ ހަމައަށް ދީފައިވާ ކަމުގެ ލިއެކިއުން ކުންފުނީގައި ހުރި ކަމަށެވެ. ކުންފުނިން ވަނީ އެ ހެކިތައް ކޯޓަށް ހުށަހަޅާފައެވެ.

ކުންފުނިން އަޝްފާޤާ އެކު އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި، އޭނާ ބަދަލު ހޯދަން ދައުވާކޮށްގެން އުޅެނީ ރިސޯޓްގެ އަގު ވައްޓާލުމަށް ކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް