24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކުރީގެ ރައީސް އަބްދުﷲ ޔާމިން

ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަޑައިގަތުމަށް އާއިލާއިން އާދޭސް ކުރައްވާ: ޔާމީން

  • "ރައީސް ޔާމީން ސަޕޯޓަރސް"ކިޔާ ވައިބާ ގުރޫޕެއްގެ ޗެޓްލޮގްތަކެއް ވަނީ ލީކުވެފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 15 އޭޕުރިލް 2019 | ހޯމަ 12:42 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް. ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަޑައިގަތުމަށް އާއިލާއިން އާދޭސް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި -- ރައީސް އޮފީސް

ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަޑައިގަތުމަށް އާއިލާއިން އާދޭސް ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގައި ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތައް ހިމެނޭ "ރައީސް ޔާމީން ސަޕޯޓަރސް"ކިޔާ ވައިބާ ގުރޫޕްގައި ރައީސް ޔާމީން ވިދާޅުވީ ސަޕޯޓަރުން އެދޭނަމަ ޕާޓީއާ ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށާއި ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަައިގަތުމަށް އެމަނިކުފާނުގެ އާއިލާއިން އާދޭސް ކުރައްވާކަމަށެވެ.

ރައީސް ޔާމީންގެ މި މެސެޖް ވަނީ ލީކްކޮށްލައިފަ އެވެ. 

ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އާދީއްތަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވާފައި ވަނިކޮށް ލީކްވި ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވަނީ އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އަލަށް ހަވާލުވާ މީހުން ޒިންމާ ނަގަން ކެރެންވާނެ ކަމަށެވެ. އެ ޕާޓީއަށް ފައިސާ ހޯދޭނެ ގޮތް ހޯދަންވާނެކަމަށާއި މެމްބަރުން އިތުރު ކުރުމަށް ދަތުރު ވެސް ކުރަންޖެހޭނެ ކަމަށް  ވިދާޅުވިއެވެ. 

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެމްޕެއިން ނުކުރެއްވުނީ މިސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުން ތަންތަނަށް ދަތުރުކުރެއްވޭ ގޮތެއް ނުވުމާއި ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާގައި އަތް ނުލެވުމުގެ ސަބަބުން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. 

ޕާޓީއަށް ފައިސާ ހޯދޭނެ ގޮތް ހޯދަންވާނެ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ގާތުގައި ވިދާޅުވިއިރު، އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖަުުނބޮ

7 ދުވަަސް ކުރިން

މި ވަރު ގެނު ވެރި ޔަކުނުދެެކެމެވެ

0
0