24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ނިއުޕޯޓްގެ މައްސަލަ

ނިއުޕޯޓް ވިއުގެ ހުއްދަ ބާތިލެއް ނުކުރަން: އިކޮނޮމިކް މިނިސްޓްރީ

  • އެއްވެސް އިރަކު ހުއްދާ ބާތިލްކޮށްފައި ނުވާނެ ކަމަށް މިނިސްޓަރ ފައްޔާޒު ވެސް ވިދާޅުވި
  • ޕްލޭނިންގ މިނިސްޓްރީން ތަން ހުސްކުރަން އެންގީ ޑިސެމްބަރު މަހުން ފެށިގެން ކުލި ނުދައްކާ އޮތުމުން
އަމަން ހަލީމް | soupized

| 15 އޭޕުރިލް 2019 | ހޯމަ 12:22 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ނިއުޕޯޓް ވިއު -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ނިއު ޕޯޓް ވިއުއަށް ދޫކޮށްފައިވާ ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ ބާތިލް ކުރުމަށް ފަހު އަލުން އެ ހުއްދަ ދީފި ކަމަށް ދައުރުވަމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިނިސްޓްރީން، އެއްވެސް އިރެއްގައި ނިއުޕޯޓަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފައި ނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ވިޔަފާރީގެ ހުއްދަ ބާތިލް ކުރެވޭނީ ހުއްދަ ނެގި ފަރާތުން އެދިގެން ނުވަތަ ފީ ނުދައްކައިގެން ނުވަތަ ކޯޓުން އެންގުމުންނެވެ. މި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެގެން މެނުވީ އިކޮނޮމިކް މިނިސްޓްރީއަށް އެއްވެސް ހުއްދައެއް ބާތިލްކުރުމުގެ ބާރު މިނިސްޓްރީއަކަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅު އެޅޭނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. ނުހައްގުން ދީފައި އޮތް ތަނެއް ކަމުގައި ވީނަމަވެސް އެތަނެއް އަތުލެވޭނީ އުސޫލްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އިކޮނޮމިކް މިނިސްޓްރީން އެހެން ބުނި ކަމުގައިވާ ނަމަވެސް ކުލި ނުދައްކައިގެން އެތަން ހުސްކުރަން އަންގާފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ބުނެފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުޕޯޓް ވިއު ހުސްކުރަން އެންގި އިރު، އެތަނުން ސަރުކާރަށް ދައްކަން ޖެހޭ އެއްލައްކަ ރުފިޔާގެ މަހު ކުލި ނުދައްކާތާ ތިން މަސް ވެފައިވެއެވެ.

އެތަން ހުސްކުރަން އެންގީ ސަރުކާރުން ރާވާފައިވާ ގޮތަށް ލޮނުޒިޔާރަތްކޮޅު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމަށް ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. ސަރުކާރުން އެތަން ހުސްކުރަން 30 ދުވަހުގެ މުހުލަތެއް މާރޗް 11ގައި ދީފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެތަން ހުސްކޮށްފައި ނުވެއެވެ. އަދި ސަރުކާރުން ނިއުޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް ދޫކޮށްފައިވާ ތިން ތަނެއްގެ އެއްބަސްވުން އުވާލަން ސަރުކާރުން ނިންމި ނިންމުން ސިވިލް ކޯޓުން އެޕްރިލް 11 ވަނަ ދުވަހު ބާތިލްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޒާހިދު ރަމީޒް ވަނީ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

ނިއުޕޯޓް ވިއު ހިންގާ 10،000 އަކަފޫޓުގެ ބިން ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުންނެވެ. ސްޓްރާޑާ ކުންފުންޏަށް އެތަން ކުއްޔަށް ދީފައިވަނީ ބްރިޖް ވިއުއިންގ ޕްލެޓްފޯމާއި ރެސްޓޯރަންޓްގެ އިތުރުން ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ޕާކިން ޒޯނެއް ތަރައްގީ ކުރާ ގޮތަށެވެ. ފުރަތަމަ ތިން އަހަރަށް ވެވުނު އެއްބަސްވުމުގެ މުއްދަތު ފަހުން ވަނީ އަށް އަހަރަށް މުއްދަތު އިތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް