24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މޯލްޑިވް ގޭސް

މޯލްޑިވް ގޭސް އަށް 2.6 މިލިއަނާ ގާތަށް ވަނީ ގެއްލުން ވެފައި: ޝަޒައިލް

  • މޯލްޑިވް ގޭހުގެ 80 އިންސައްތަ ކަވަރ ކުރަނީ ކައްކާ ގޭސް
  • ނިމިދިޔަ ސަރުކާރުން ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކޮށްފައިވޭ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 15 އޭޕުރިލް 2019 | ހޯމަ 06:34 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް -- އާކައިވް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތަކުގެ ފައިސާޔާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތެރެއިން މޯލްޑިވް ގޭހަށް 2.6 މިލިއަނާއި ގާތަށްކުރާ އަދަދަކަށް ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް ވިދާޅުވެއްޖެއެވެ .

ރާއްޖެއެމްވީގެ ފަލަ ސުރުޚީ  ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަޒައިލް ވިދާޅުވީ ކުންފުންޏަށް އެކި ދިމަދިމާލުން ގެއްލުން ވެފައިވާ ކަމަށާއި އެގޮތުން 2.6 މިލިއަނާއި ގާތްކުރާ އަދަދަކަށް ކުންފުންޏަށް ގެއްލުން ވެފައި ވާކަމަށެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ބޭނުމަށް ނާޖާއިޒް ގޮތުގައި ކުންފުނިތައް ބޭނުން ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މި ސަރުކަރުން އެފަދަ ކަންކަމަށް ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ

"ކުންފުނީގެ ބޯޑްގެ ލަފަޔާ ވެސް އެކު މިހާރު އިންޓާރނަލް ސްޕެޝަލް އޮޑިޓެއް ކުރަމުން މިދަނީ. އެ އޮޑިޓަށްފަހު ލަފާކުރެވޭ ގޮތުގައި މި އަދަދު މިއަށް ވުރެން ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް. އޮޑިޓްގެ މަސައްކަތް ކުރާތާ ދެ ހަފްތާ ވެއްޖެ. ދެ މަސްދުވަހުގެ ތެރެގައި އޮޑިޓް ނިންމާލެވޭނެ. އަދި އޮޑިޓް ނިމުމުން ކުންފުންޏަށް ގެއްލުން ވެފައިވާ ދިމާދިމާ ފާހަގަ ކުރެވި ކުންފުނި އިތުރަށް ތަރައްގީ ކުރެވިގެން ދާނެ. އޯވަރރޯލްކޮށް ބަލާ ނަމަ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވެފައެއް ނޫން ހުރީކީ. ފައިދާގައި ހިންގަމުން އައިސްފައިވަނީ. ނަމަވެސް ކުންފުނި މިއަށް ވުރެން މާބޮޑު ފައިދާގައި ހިންގޭނެ،" ޝަޒައިލް ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު މޯލްޑިވް ގޭހުގެ އެމްޑީކަމާ ހަވާލުވެ ވަޑައިގެން ޝަޒައިލް ވިދާޅުވީ މީގެ ކުރިން ކުންފުނިން ވަރަށް ބައިވަރު ބޭކާރު ޚަރަދު ކޮށްފައި ވާކަމަށާއި ނަމަވެސް މިހާރު ބޭކާރު ކަރަދުތައް ނައްތާލާ ކުންފުންޏަށް ނަފާ ލިބޭ ގޮތަށް ކުންފުނީގެ ހިންގުން ބައްޓަން ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ކުންފުނީގެ ސްޓަރކްޗަރ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްވިފައިވާ ކަމަށާއި އަދި އިތުރު ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގެ ތައްޔާރީތައް ވަމުން ދާކަމަށެވެ. ޝަޒައިލް ވިދާޅުވީ މޯލްޑިވް ގޭސްގެ މައިގަނޑު ވިޔަފާރިއަކީ ކައްކާ ގޭހުގެ ވިޔަފާރި ކަމަށެވެ. 

"އަޅުގަނޑުމެންގެ ޕްރައިމް ބިޒްނަސްއަކީ އެލްޕީޖީ (ކައްކާ ގޭސް) ފޯރުކޮށްދެން އާންމު ރައްޔިތުންގެ އިތުރުން ހޮޓާ ރެސްތޯރެންޓްތަކާއި ރިސޯޓް މާރކެޓްގައި ވެސް އަޅުގަނޑުމެން އެބައުޅެން އެލްޕީޖީއަށް ބަލާއިރު މާރކެޓްގެ 80 އިންސައްތަ ކަވަރ ކުރޭ. އަދި ބޮޑަތި އާބާދީތަކުން ފެށިގެން ކުދި އާބާދީތަކަށް ކައްކާ ގޭސް ފޯރުކޮށްދެން އެހެނިހެން ޕްރޮޑަކްޓްގެ ތެރޭގައި އިންޑަސްޓްރިއަލް ގޭސް އޮކްސިޖަން އާއި އަދި ނައިޓްރޮޖަން ފަދަ ގޭސްތައް ވެސް އަޅުގަނޑުމެންގެ އަތުގައި ހުންނާނެ. ގޭހާއި ރިލޭޓެޑް ބައިވަރު ޕްރޮޑަކްޓްތައް ހުންނާނެ،" ޝަޒައިލް ވިދާޅުވިއެވެ.

ކުރިއަށް ރަމަޟާން މަހަށް މޯލްޑިވް ގޭހުން ވަރަށް ބޮޑައް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވާ ޝަޒައިލް ވިދާޅުވީ އެއްވެސް ރައްޔިތަކު އެކުންފުނީގެ ގޭސް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތަކަށް ގޭސް ބަރާބަރަށް ލިބޭނެ ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

1 ހަފްތާކުރިން

މުސާރަލިބޭދޯ

0
0