24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އއ. ތޮއްޑޫ

ކަރާ އަގުބޮޑު ވާހަކަ ނުދައްކާތި!

  • ރޯދައަށް ކަރާ ބާޒާރަށް ނެރޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 14 އޭޕުރިލް 2019 | އާދީއްތަ 23:53 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ތޮއްޑޫ ދަނޑުވެރިން ކަރާ ހެއްދުމުގެ މަސައްކަތުގައި -- ރާއްޖެއެމްވީ

"ހާދަ ބުރަ މަސައްކަތެއް ކޮށްގެންނޭ ކަރައެއް ފަޅާލެވެނީ،" މިިއީ މިދިޔަ ހުކުރު ދުވަހު ތޮއްޑޫއަށް ފޭބި ތަނުން ދިމާވި އަންހެނަކާ ވާހަކަދައްކާލުމުން ފުރަތަމަ ވެސް ދިން ޖަވާބެވެ.

ކޮށްލީ ވަރަށް ކުރު ސުވާލެކެވެ. ރޯދައަށް ކަރާ ދަނޑުތަކުގެ މަސައްކަތް ދަނީ ކިހިނެއްތޯއެވެ؟ މިސުވާލަށް ދިން ޖަވާބު ކިތަންމެ ކުރު ނަމަވެސް ކަރަލުގެ ފޮނިކަމާއި އެއްވަރަށް އޭގެ އަސަރު ވެސް އެބަހުއްޓެވެ. މިކަމުން ފުރަތަމަ ވެސް އިޙްސާސްވީ މިކަން ކުރުމުގައި ހުރި ބުރަ ކަމެވެ. ހަޤީޤަތުގައި ވެސް މިއީ ވަރަށް ބުރަ މަސައްކަތެކެވެ.

އއ. ތޮއްޑޫއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި ނަން މަޝްހޫރު އެއް ރަށެވެ. ތޮއްޑޫއޭ ބުންޏަސް އެންމެ ފުރަތަމަ ހިތަށް ސިފަވާނީ ކަރައެކެވެ. ސަބަބަކީ ދާދިފަހަކާ ޖެހެންދެން މިރަށުގެ ކުދި ބޮޑު އެންމެންގެ ދިރިއުޅުން ބައްޓަންވެފައި އޮންނަނީ ދަނޑުވެރިކަމުން ލިބޭ ނަފާގެ މައްޗަށެވެ. މިހާރު ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އައި ނަމަވެސް އެތަންތަނުގެ ވިޔަފާރި ވެސް ބައްޓަންވެފައި ވަނީ ދަނޑުވެރިކަމާ ގުޅިލާމެހިގެންދާ ގޮތަށެވެ.

މި ރަށަށް އެންމެ ދުވަހަކަށް ދެވުނު މި ދަތުރުގައި މުޅިން ވެސް ބައްދަލުވީ އެކި ގޮތް ގޮތަށް ދަނޑުވެރިކަންކުރާ މީހުންނާއެވެ. ފިރިހެނަކަސް އަންހެނަކަސް މިކަމަށް ވަކި ދޫކުރާނެ މީހެއް ނެތެވެ.

ދަނޑުވެރިކަން ކުރުމަށް ލޯބި ޖެހިފައިވާ ރައްޔިތެއް ދިިރިއުޅޭ މިރަށުގެ އާދާބީއަކީ 2040 އެވެ.  

ތޮއްޑޫ ދަނޑުވެރިން ކަރާ ހެއްދުމުގެ މަސައްކަތުގައި

ކޮންމެ އަކަސް ދައްކަން މިއުޅެނީ ކަރާ ހެއްދުމުގައި މި ގަދަ ފަހުލަވާނުން ކޮށް އުޅޭ ބުރަ މަސައްކަތުގެ ވާހަކައެވެ. މި މީހުންނަށް ސަރުކާރު ބަންދު ދުވަހެއް ނެތެވެ. ހުކުރު ދުވަހެއް ހޮނިހިރު ދުވަހެއް، ދޭހާ އައްވެއް، ވެހޭހާ ވަރޭއަކަށް ބެލުމެއް ނެތެވެ. ބުރަ މަސައްކަތް ކުރަނީ ދަނޑުވެރިކަން ކުރުމުގައެވެ. އުމުުރު ހޭދަކޮށްކަލީ ދަނޑުވެރިކަމަށެވެ.

ރޯދަ އަށް ހާއްސަކޮށްގެން އަބަދުވެސް އެރަށު މީހުން ވަކިން ހާއްސަކޮށް ކަރާ ދަނޑުތައް ހައްދައެވެ. ރަށުގެ ވަކި ސަރަހައްދަކުން ކަރާ ހެއްދުމަށް ދަނޑުވެރިންނަށް ދަނޑުތައް ކައުންސިލުން ދޫކުރެއެވެ. ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ތޮއްޑޫގެ ރައްޔިތުންނަށް ކަރާ ހެއްދުމަށްޓަކައި ހާއްސަކޮށްގެން ދަނޑުތައް ދޫކުރާ ކަމަށެވެ. ތޮއްޑޫ އޮންނަނީ މައިގަނޑު ތިން ބަޔަކަށް ބަހާލާފައި ކަމަށާއި ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ވަކި ސަރަހައްދެއް ކަރާ ދަނޑުތައް ހެއްދުމަށް އެދި ހުށަހަޅާ ތޮއްޑޫގެ ރައްޔިތުންނަށް ދޫކުރެއެެވެ. ކުރިއަށް މިއޮތް ރޯދަމަހާ ދިމާކޮށް މިހާރު ވެސް 100 ފޫޓް 10 ފޫޓްގެ 117 ކަރާ ދަނޑުގައި މަސައްކަތް ކުރިއަށް އެބަދެއެވެ.  

މީގެ އަހަރުތަކެއް ކުރިން ކަރާ ދަނޑުތައް ހެއްދުމުގެ މަސައްކަތް ހަ މަސް ކުރިން ފަށައިގަތް ނަމަވެސް މިހާރު ދަނޑުތަކުގައި މަަސައްކަތް ފަށައިގަނެވުނީ ރޯދަ މަސް އައުމުގެ ތިން ވަރަކަށް މަސް ކުރިން ކަމަށާއި މިގޮތަށް އުސޫލުތަކެއް ހަދާފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ކަރާގެ މާރކެޓް އެއްވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ދަނޑުތަކުގައި ކަރާ އިންދަން ފެށޭނީ ކައުންސިލުން ބުނާ ގޮތެއްގެ މަތިން ކަމަށްވާއިރު މި މަސައްކަތް ކުރުމަށް ތޮއްޑޫގެ ރައްޔިތުން ވަރަށް ޝައުގުވެރިކަން ހުރެއެވެ. އެހެންކަމުން ކައުންސިލްގެ އެންގުންތަކަށް ވެސް ބޯލަނބައެވެ.

ދަނޑުވެރިއަކު ކިޔައިދިން ގޮތުގައި މުޅި ދުވާލު އެއްކޮށް ކަހަލަ ގޮތަކަށް ހޭދަ ކުރަނީ ދަނޑުގައެވެ. ފަތިސް ނަމާދުން ފައިބާ ގޮތަށް ދަނޑަށް ދިއުމަށް ފަހު މެންދުރު ވަގުތަށް، ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމަށް ފަހު އިރުއޮއްސެންދެން އަނެއްކާ ވެސް ތިބެނީ ދަނޑުގައި މަސައްކަތް ކުރުމަށެވެ.

މިކަމުގައި ސަބަބުތައް ވެސް ވަރަށް ބައިވަރެއެވެ. ކަރާގެ މުޑުވަށް ގެންނަނީ ރާއްޖެއިން ބޭރުން ކަމަށްވާއިރު މިއީ ވެސް ޙަރަދުތަކެއް ހިނގާ ކަމެކެވެ. ރޯދަ މަހަށް ކަރާ ދޮންވެ ފައްކާ ކުރުމަށްޓަކައި އެތައް ބޭހެއް ބޭނުންކުރަންޖެއެވެ. ސަބަބަކީ ބިންގަނޑުގެ ބާރު ދެރަވުމާއި ތަފާތު އެތައް ބަލި ޖެހުމަށް ފުރުޞަތު އޮންނާތީއެވެ. އެހެންކަމުން މިހާރު ކައުންސިލުން ވެސް ވަނީ ވަކި ވައްތަރެއް ފިޔަވައި، ކައުންސިލުން ހުއްދަ ނުދޭ އެއްޗެއް ނުހެއްދޭ ގޮތަށް ޤަވާއިދު ހަދާފައެވެ. އެގޮތުން ސުވީޓް މެލަން، ޗައިނީސް ކެބެޖް ފަދަ ތަކެތި ނެހެއްދޭ ގޮތަށް ކައުންސިލުން ވަނީ މަނާކޮށްފައެވެ.

 

ތޮއްޑޫގެ ދަނޑުވެރިން ހައްދާފައިވާ ދަނޑެއް

މިކަމަށް ދަނޑުވެރިންގެ އަތުން ބޮޑު ޚަރަދެއް ދާއިރު އާންމުކޮށް ކަރާ ކިލޯއެއް ވިއްކަނީ 40ރ. 35ރ. ނުވަތަ އެންމެ އަގުހެޔޮވާ ދުވަސްވަރު 15ރ. އަށެވެ. ނަމަވެސް ރޯދަ މަހުގައި އެންމެ ބޮޑަށް އަޑު އިވޭ އެއް ވާހަކައަކީ ކަރާގެ އަގު މައްޗަށް އުފުލިއްޖެކަމުގެ ވާހަކައެވެ. މިއީ ހަޤީޤަތުގައި ދައްކަންޖެހޭ ވާހަކައެއް ކަމަށް މިހާރު ޤަބޫލެއް ނުކުރަމެވެ. ދަނޑުވެރިން މިކުރާ މަސައްކަތް ތަޖްރިބާކޮށްލުމުން މިކަމުގެ ހުރި ބުރަކަން ކޮންމެ މީހަކަށް ވެސް އިހްސާސް ކުރެވޭނެއެވެ.

ރޯދަ މަހު އެންމެ ގިނަ މީހުން ބޭނުންކުރާ އެެއްޗެެއްސަށް ބަލާލާއިރު، ކުރުނބާ، އަނބު، ފޭރު ފަދަ ތަކެއްޗަކީ އަލުން އިންދައިގެން ނުވަތަ ކޮންމެ އަހަރަކަށް ގަސް ހައްދައިގެން ބުރަ މަސައްކަތްކޮށްގެން ލިބޭ މޭވާތަކެއް ނޫނެއެވެ. އަނބު ގަހެއްގެ އުމުރު 100 އަހަރަށް ވުރެ ގިނައެވެ. އެހެންކަމުން މިފަދަ މޭވާތަކުގެ އަގު ބޮޑުވިޔަސް ގިނަ ފަހަރަށް އެ ވާހަކަ ދައްކާނެ މީހަކު ނުވާއިރު ކަރާގެ އަގު އުފުލޭ ވާހަކައަކީ މިއަދު ހުއްޓާލަންޖެހޭ ވާހަކައެވެ.

ކަރާ ހައްދާ ދަނޑުވެރިންނަށް ނުއަގުގައި ކަރާ ވިއްކަން ޖެހޭއިރު ގިނަ ފަހަރަށް މާރކެޓް ލިބުމުގައި ދަތިތަކެއް ވެސް ކުރިމަތިވެއެވެ. އެގޮތުން ރާއްޖޭގައި ހައްދާ ކަރާ އަގު ބޮޑު ކަމަށް ބުނެ މާރުކޭޓު ގޮޅިތަކުގައި ތިބޭ މީހުން ރާއްޖެެއިން ބޭރުން ކަރާ ގެނައުމުން މިދަނޑުވެރިން މިކުރާ މަސައްކަތަށް ހަމަ އަގު ނުލިބެއެވެ. މިއީ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ދަނޑުވެރިން ކުރަނީ ތައުރީފް ހައްޤު މަސައްކަތެކެވެ. މިކަމަށް ރަނގަޅު ނަފާއެއް ލިބޭނެ ގޮތް ހޯދައިދިނުމަކީ ދަނޑުވެރިންގެ އެންމެ ބޮޑު އެދުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hussain

1 ހަފްތާކުރިން

މި އާޓިކަލްގެ ހެއްލައި ނަގައި އެވާ ޖުމްލަ އަކީ މި ރަށަށް މި ދުވަސްވަރު ދަތުރުކޮށް މި ބުރަ މަސައްކަތް ކުރާތަން ދެކޭގޮތް ކޮންމެ މީހަކުވެސް ބުނާނެ ބަސް.

1
1
rayyithu Thoddoo

1 ހަފްތާކުރިން

Varah furihama liumeh

1
0
އަޙްމަދު

1 ހަފްތާކުރިން

ރާއްޖެއިން ބޭރުން ގެންނަނާ އަގު ހެޔޮވީމާ ތޮއްޑޫ ދަނޑުވެރިންސް ތިކުޅި ހުއްޓާފަ ގެސްޓްހައުސް ވިޔަފާރި ކޮއްބްލަ ތިދޭ އަތްވާ ވާރޭގަ އުމުރު ދުއްވާުލައްވާ އަރާމުވެސް ވޭނުންވާނެ.ތޮއްޑޫ މީހުނވެސް ބައެއްފަހަރު ޖެހޭނެ ކަރާ ގަނެގެންވެސް ކާން އޭރުން އިޙްސާސް ކުރެވޭނެ އަގުބޮޑު ވީމާ ހުރި ހިތްހަމަ ނުޖެހުން

0
4