24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އަހުމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމް ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލައްވައި، ޕީޖީ ލީޑަރުކަމުން ނިހާން އިސްތިއުފާ ދެއްވައިފި

  • ތިން އިންތިހާބު ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ވިދާޅުވި
  • ކާމިޔާބީގެ ހައްގުވެރިންނަކީ ޕާޓީގެ އާންމު މެމްބަރުން ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 14 އޭޕުރިލް 2019 | އާދީއްތަ 23:03 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު -- ފޮޓޯ: ރާއްޖެ އެމްވީ

ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނިހާން އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށާއި އާ ލީޑާޝިޕަކަށް ޖާގަ ދެއްވަންޖެހޭ ކަމަށެވެ.

ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމަށް ނާކާމިޔާބުވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

"ޕީޕީއެމް ރިފޯމް" ހޭޝްޓެގު ބޭނުން ކުރައްވައި ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަމާ ހަމައަށް ދަތުރު ކުރި ޕާޓީއެއް ކަމަށާއި ޕާޓީން ހޯދި ކާމިޔާބީއެއްގެ ހައްގުވެރިންނަކީ އާންމު މެމްބަރުން ކަަމަށެވެ.

ޕީޕީއެމްގެ އާންމު މެމްބަރުނަކީ އިހްލާސްތެރި ބައެއް ކަމަށާއި އެ މެމްބަރުންނަށް އިތުރު ހިތާމަ އާއި ގެއްލުން ދިނުމުގެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ އާންމު މެމްބަރެއްގެ ގޮތުގައި ހުންނަވައި ރައްޔިތުންނަށް ސިޔާސީ ގޮތުން ހިދުމަތް ކުރުމުގައި ދެމިހުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ޑީއާރްޕީގެ ތެރެއިން، ރައީސް މައުމޫނަށް ތާއިދު ކުރައްވާ އެކްޓިވިސްޓެއްގެ ގޮތުގައި ސިޔާސީ ދާއިރާއަށް ނުކުންނެވި ނިހާން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. ވިލިމާލެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ނިހާން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް އޭނާއަށް ގެއްލުނީއެވެ.

އުފަން ރަށް، ތިނަދޫ ދެކުނު ދާއިރާއަށް ނިހާން ވާދަ ކުރެއްވުމުން، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސަނީފު ވަނީ ބޮޑު ފަރަގަކުން އޭނާގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ސަނީފު ކުރި ހޯއްދެވީ 416 ވޯޓުގެ ފަރަގަކުންނެވެ. ދެހާހަށް ވުރެ ގިނަ މީހުން ވޯޓުލި އެ ދާއިރާގެ އިންތިހާބުގައި ނިހާނަށް ލިބިވަޑައިގެންނެވީ 533 ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް