24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ދިވެހިރާއްޖެ - ސްވިޑެން

ރާއްޖޭގައި ހުންނަ ސްވިޑެންގެ ކޮންސިއުލޭޓާއި ޓޯކްއެމްގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

  • ކޮންސިއުލޭޓުން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާނެ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 14 އޭޕުރިލް 2019 | އާދީއްތަ 18:26 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސްވިޑެންގެ ރަސްގެފާނު ދިވެހިރާއްޖެއަށް އައްޔަނުކުރައްވާފައިވާ އެ ޤައުމުގެ އޮނަރަރީ ކައުންސެލް، މަރިޔަމް ވަޙީދާ -- އާކައިވް

އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެއް ކަމަށްވާ ކިންގްޑަމް އޮފް ސްވީޑެންގެ ކޮންސިއުލޭޓް އޮފީހަކާއި، އެކިއެކި ދާއިރާތަކުން މީހުންބިނާކުރުމަށް މަސައްކަތްކުރާ ޓޯކްއެމް ޕަބްލިޝަރ/ޓްރެއިނިންގ ސެންޓަރގެ އޮފީހެއް ދިވެހިރާއްޖޭގައި ހުޅުވައިފިއެވެ.

އާދީއްތަ ދުވަހު މި ދެ އޮފީސް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި 'މީޓް-އެންޑް-ގްރީޓް' ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ (އިންތި) އެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ކޮންސިއުލޭޓް ހުޅުވުމާއި ގުޅިގެން މިކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ޓޯކްއެމްއިން ދަސްކޮށްދޭ އެއް ހުނަރު ކަމުގައިވާ ވާހަކަދެއްކުންތެރިކަމުގެ ހުނަރާއި ގުޅޭގޮތުންނާއި އެ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ގުޅޭގޮތުން އިންތި ވާހަކަ ދެއްކެވިއެވެ.

ސްވިޑެންގެ ރަސްގެފާނު ދިވެހިރާއްޖެއަށް އައްޔަނު ކުރައްވާފައިވާ އެ ޤައުމުގެ އޮނަރަރީ ކައުންސެލް، މަރިޔަމް ވަޙީދާ މި ހަފްލާގައި ވިދާޅުވީ، ސްވިޑެންގެ ކޮންސިއުލޭޓް އޮފީހުން މުހިއްމު ޚިދުމަތްތަކެއް ދޭނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ސްވިޑެންގެ ފަތުރުވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންގެ ޕާސްޕޯޓާއި ގުޅޭ އެކިއެކި ޚިދުމަތްތައް ކޮންސިއުލޭޓް އޮފީހުން ލިބޭނެ ކަމަށް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ. މީގެ އިތުރުން އެކި ހާދިސާތަކާއި ގުޅިގެން ހަރަކާތްތެރިވުމާއި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސްވިޑެންގެ ކޮންސިއުލޭޓުން މަސައްކަތް ކުރާނެ ކަމަށް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

މަރިޔަމް ވަޙީދާ އިސްވެ ހިންގަވާ TALK#M ގެ އޮފީސްވެސް އާދީއްތަ ދުވަހުގެ ހަފްލާގައި ރަސްމީކޮށް ހުޅުވާފައިވާއިރު، ޓޯކްއެމް އަކީ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ދިރާސާ ކުރުމާއި ޑޮކިއުމެންޓްރީ ހެދުން ފަދަ މަސައްކަތްތައް ކުރާ ޕަބްލިޝަރ/ޓްރެއިނިންގ ސެންޓަރއެކެވެ. މީގެ އިތުރުން މީހުން ބިނާކުރުމަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާ، ވިޔަފާރި ކުންފުނިތަކާއި އެންޖީއޯތަކަށް ކޮންސަލްޓަންސީ ދިނުމަކީވެސް ޓޯކްއެމްއިން ކުރާ ބައެއް މަސައްކަތްތަކެވެ.

މީގެ އިތުރުން އެކިއެކި ދާއިރާތަކުން ދިރާސާތައް ކުރުމާއި، އެކިއެކި މަޢުލޫއުތަކަށް ޑޮކިއުމެންޓްރީ ހެދުމަކީވެސް ޓޯކްއެމްއިން ކުރާ ބައެއް މަސައްކަތްތަކެވެ.

މި ދެ އޮފީސް ޤާއިމްކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު، އޮކްސިޖަން ކެފޭ ހުންނަ ހ. ކޮރަލް ރީފްގެ ހަތްވަނަ ފަންގިފިލާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް