24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ތާރުގަނޑު މައްޗަށް ބިސްއެޅި ވެލާ

ތާރުގަނޑު މައްޗަށް ބިސްއެޅި ވެލާ މަރުވެއްޖެ!

  • އެ މައްސަލަ ފުލުހުން ދަނީ ބަލަމުން
އާމިނަތު ނުޒުހާ | nuzu8121

| 14 އޭޕުރިލް 2019 | އާދީއްތަ 15:22 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މާފަރު އެއާޕޯޓަށް ބިސްއަޅަން އެރި ވެލާ މަރުވެފައި -- ޓްވިޓަރ

އަންގާރަ ދުވަހު ނ. މާފަރު އެއާޕޯޓް ރަންވޭ މައްޗަށް އަރައި ބިސްއެޅި ވެލާ އެއާޕޯޓް ރަންވޭއާއި މާ ދުރުނޫން ހިސާބެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭތަކެތީގެ ބާވަތެއް ކަމުގައިވާ ވެލައެއް ނ. މާފަރުގެ އެއާޕޯޓް ރަންވޭގައި އަޅާފައިވާ ތާރުގަނޑުގެ މައްޗަށް ބިސްއަޅަން އަރައި އޮއްވައި ފެނުނު ފޮޓޯއަކީ އަންގާރަ ދުވަހު އެތައް ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ފޮޓޯއެކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މާފަރުގެ މީހަކު ބުނީ، އެ ވެލާ ރަންވޭގެ މަތިން ފުރޮޅާލުމަށް ފަހު ބަޔަކު އޭތި އުއްޑުން ބާއްވައި ތާރުގަނޑު މަތިން ވަރަށް ދުރަށް ދަމާފައި ގެންދިޔަ ކަމަށެވެ. އަދި އެގޮތަށް ދަމާފައި ގެންދިއުުމުގެ ތެރޭގައި އޭތީގެ ބުރަކަށިމަތި ވަރަށް ބޮޑަށް ގޭނި ހަލަކުވެފައިވާ ކަމަށެވެ.

"އޭތި ދަމާފައި ގެންގޮސް ރަންވޭމަތިން ދުރަށް އެތައް ހިސާބަކަށް އެގޮތަށް ގެންދިޔަ. ވަރަށް އަނިޔާވެފައި ހުރި ކަމަށް މަގޭގާތު ބުނި މީހާވެސް ބުނީ" އޭނާ ބުންޏެވެ.

ވެލާ މަރުވި ސީދާ ވަކި ދުވަހެއް ސާފުވެފައި ނުވި ނަމަވެސް، އެރަށުން މައުލޫމަތު ދިން މީހާބުނީ ވެލާ މަރުވެފައި އޮއްވައި ފެނުނީ، އެއާޕޯޓްގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތަކަށް ކަމަށެވެ.

 

މާފަރު އެއާޕޯޓް ތާރުގަނޑުމައްޗަށް ބިސްއެޅި ވެލާ

އަންގާރަ ދުވަހު ނ. މާފަރަށް އަރައި ބިސްއަޅަން އޮތް ވެލައަށް ހަމަައަށް ބިސްއެޅުނުކަމެއް ނޫންކަން ޔަގީނެއް ނުވެއެވެ. އަންގާރަ ދުވަހު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ ރަންވޭގެ ތާރުގަނޑު މަތީގާއި ތިންވަރަކަށް ބިސް އޮއްވައެވެ.

"ވެލާ މަރުވީ، ބިސް ނޭޅިގެން ނުވަތަ އެއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށްބެލެވޭ." އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ ވެލާ މަރުވީ، އެއަށް ލިބިފައިވާ އަނިޔާތަކުން ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ވެލައަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ އެއްޗެއް ކަމަށްވީއިރު، މިކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ކަމާއި ގުޅޭ އެއްވެސް މުއައްސަސާއަކުން ރަަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން

1 ހަފްތާކުރިން

ހެޔޮތާ މަރުވިޔަސް ސެލްފީ ނަގާލެވުނެންނު

0
0