24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސަރބިއާގެ ސިޔާސީ މަސްރަހު

ސަރބިއާގެ ރައީސްއާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް!

  • ޤާނޫނު ހަދާ މަޖިލީހާއި ސިޓީ ކައުންސިލްގެ އިދާރާތައް ވަނީ ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ ބާރުގެ ދަށުގައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 14 އޭޕުރިލް 2019 | އާދީއްތަ 14:09 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސަރބިއާގައި ކުރިއަށްދާ މުޒާހަރާއެއް -- ރޮއިޓަރސް

ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު އެއް ފަހަރު ސަރބިއާގެ ރައީސް އެކްސެންޑާރ ވުސިކްއާ ދެކޮޅަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަކޮށް، ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުމެއްޖެއެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބެލްގްރޭޑްގެ މަގުތަކަށް ނުކުތް މުޒާހިރީން ޖަމާވެފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޭގެ ކުރިމައްޗަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި ރައީސް ވުސިކްއަކީ މުއްބާރު، ހުދުމުޚުތާރު ވެރިއެކެވެ.

މި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ދަނީ ސަރބިއާގައި ޑިމޮކްރަސީ ޤާއިމްކުރުމަށާއި، މީޑީއާތަކަށް މިނިވަން މާހައުލެއް ޤާއިމްކޮށްދިނުމަށާއި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މަގުތަކަށް ނުކުތީ އާންމުކޮށް ހަފްތާ ބަންދުގައި ބާއްވާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ވުރެ ވެސް މަދުން، ދިހަ ހާހެއްހާ މީހުން ކަމަށް ސަރބިއާގެ ފުލުހުން ބުނެފައިވާއިރު، މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ ސަރބިއާގެ އެކި ހިސާބުތަކުން މުޒާހަރާގައި ބައިވެރިވުމަށް ބްލްގްރޭޑަށް ދަތުރުކުރި މީހުންނަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

މި މުޒާހަރާތައް ކުރިއަށްދާއިރު، ރައީސް ވުސިކްގެ ކޮންޒަވޭޓިވް ޕާޓީގެ މެންބަރުން ވަނީ ޤާނޫނު ހަދާ މަޖިލީހާއި ސަރބިއާގެ އެކި ހިސާބުތަކުގައިވާ ލޯކަލް ކައުންސިލް އިދާރާތައް އެފަރާތްތަކުގެ ބާރުގެދަށަށް ގެންގޮސްފައެވެ. ކޮންޒަރވޭޓިވް ޕާޓީގެ އޮޕަޝަލުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެމީހުން މަސައްކަތް ކުރަމުންދަނީ "ފޭސިސްޓުނާއި ތަގުން" ގެ އެތަންތަން ހިފައި، ގަދަކަމުން ސަރުކާރު ވައްޓާލިޔަ ނުދިނުމަށެވެ.

ވުސިކްގެ ޕާޓީ އިން މިގޮތަށް ބުނި ނަމަވެސް، މިހާރު ކުރިއަށްދާ މުޒާހަރާތައް މިހާތަނަށް ކުރިއަށްގެންގޮސްފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނެތި ވަރަށް އަމާން އޮމާންކޮށެވެ.

ރައީސް ވުސިކްއާ މެދު ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވާއިރު، މި މުޒާހަރާތަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، މަގުމަތީގެ ހަމަޖެހުން ނަގާލާ ފަރާތްތައް މަގުތަކުން އެކަހެރި ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވުސިކްއަށް އޮތް ތާއީދު ދެއްކުމަށް، އަންނަ ހުކުރު ދުވަހު ބޮޑު ހިނގާލުމެއް ބޭއްވުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ތައްޔާރުވަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް