24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސޫދާންގައި ކުރިޔަށްދާ މުޒާހަރާތައް

އަސްކަރީ ކައުންސިލަށް ތާޢީދު ހާމަކޮށް، ސޫދާނަށް ސައުދީއިން އެހީ ފޮނުވަނީ

  • ސައުދީން ވަނީ ސޫދާނަށް ގޮދަނާއި ތެލާއި ބޭސް ފޮނުވަން ނިންމާފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 14 އޭޕުރިލް 2019 | އާދީއްތަ 13:01 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސުދާނުގެ ރައްޔިތުން ވެރިރަށް ކާރްތޫމްގެ މަގުތަކުގައި މުޒާހަރާ ކުރަނީ -- ރޮއިޓަރސް

އަސްކަރީ ބަޣާވާތަކުން ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން ބަދަލުކޮށް، ސޫދާނުގައި މިހާރު އިންތިގާލީ ވެރިކަމެއް ހިންގަމުންދާ އިންތިގާލީ އަސްކަރީ ކައުންސިލުން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ތާޢީދުކުރާ ކަމަށާއި، ސޫދާނަށް އެހީ ފޮނުވަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ސައުދީ އަރަބިއާ އިން ބުނީ އިންތިގާލީ އަސްކަރީ ކައުންސިލުން ސޫދާނުގެ ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެ ޤައުމުން ތާޢީދުކުރާ ކަމަށެވެ. އަދި ސައުދީ އަރަބިއާ އޮތީ ސޫދާނުގެ ރައްޔިތުންނާ އެކު ކަމަށާއި އަސްކަރީ ކައުންސިލްގެ ފިޔަވަޅުތަކަކީ ސޫދާނަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދޭނެ ފިޔަވަޅުތަކެއް ކަމަށް ޤަބޫލުކުރާ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއާ އިން ވަނީ ތަރައްޤީ އާއި ކުރިއެރުން ކަށަވަރު ކުރުމަށް ސޫދާނުގެ ހުރިހާ ރައްޔިތުން ވެސް އަމިއްލަ މަސްލަހަތަށް ވުރެ ޤައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލާފައެވެ.

ސައުދީ އަރަބިއާ އިން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނީ ސޫދާނަށް މި ވަގުތު ބޭނުންވަ ގޮދަނާއި، ޕެޓްރޯލިއަމްގެ ބާވަތްތަކާއި އަދި ބޭސް އެ ޤައުމަށް ފޯރުކޮށްދިނުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކަށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަންގަވާފައިވާ ކަމަށެވެ.

ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު އުމަރު އަލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް ފެށި މުޒާހަރާތައް ކުރިއަށްދަނިކޮށް، ބުރާސްފަތި ދުވަހު ސޫދާނަށް އަސްކަރީ ބަޣާވާތެއް ގެނެސް، އެ ޤައުމުގެ ވެރިކަމާއި އަސްކަރިއްޔާއިން ހަވާލުވުމުން މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން ވަނީ އަސްކަރިއްޔާ އެއް ފަރާތަށް ޖެހި މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ޖާގަ ދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އޭރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިއަކަށް ހުރި ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް ވަނީ ސޫދާނުގައި ކާފިއު ހިންގުމަށް އަމުރުކުރައްވާފައެވެ.

މުޒާހަރާތަކާއި އަސްކަރިއްޔާގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކަށް ފަހު ހުކުރު ދުވަހުގެ އިރުއޮއްސުނު އިރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިޔާގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް އަވާދު އިބްނު އައުފް އިސްތިޢުފާ ދެއްވުމާ ގުޅިގެން ސޫދާނުގެ ރައްޔިތުން ވަނީ ހޮނިހިރު ދުވަހު އިރު އަރަންދެން އުފާފާޅުކޮށްފައެވެ.

ސޫދާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށް ފަހު މަދަނީ ސަރުކާރެއް އުފައްދަވާނެ ކަމުގެ ޔަޤީންކަން އިބްނު އައުފަށް ފަހު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިއަކަށް އިސްކުރެވުނު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އަލް ބުރުޙާން ޢަބްދުއްރަޙުމާން ވަނީ ހޮނިހިރު ދުވަހު ދެއްވާފައެވެ. މީގެ އިތުރުން ބަޣާވާތަށްފަހު އިންތިގާލީ އަސްކަރީ ކައުންސިލުން އިޢުލާނުކުރި ރޭގަނޑުގެ ކަރފިއު އުވާލާފައިވާ ކަމާއި، ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވައި ހައްޔަރުކޮށް ޖަލަށް ލާފައިވާ އެންމެން މިނިވަން ކުރުމަށް ނިންމާފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ބުރާސްފަތި ދުވަހު ގެނައި އަސްކަރީ ބަޣާވާތަކުން ސޫދާނުގެ ވެރިކަން ބަދަލުކުރިއިރު، ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރަކީ 1989 ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ހުދުމުޚުތާރު ވެރިކަމެއް ހިންގަމުން އައި ވެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް