24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސޫދާންގައި ކުރިޔަށްދާ މުޒާހަރާތައް

ސޫދާނުގައި މަދަނީ ސަރުކާރެއް ޤާއިމްކުރަން އަސްކަރިއްޔާ އިން ނިންމައިފި

  • އިންތިގާލީ އަސްކަރީ ކައުންސިލްގެ އައު ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ވަނީ ކާފިއު އުވާލުމަށް ނިންމަވާފައި
  • ކުއްލި ހާލަތު އިޢުލާނުކޮށް ހައްޔަރުކުރި މީހުން މިނިވަން ކުރުމަށް ވެސް ވަނީ ނިންމަފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 14 އޭޕުރިލް 2019 | އާދީއްތަ 10:14 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ގޮވާލައި ސޫދާނުގެ ވެރިރަށް ކާރްތޫމްގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން... -- އޭއެފްޕީ

ސޫދާނުގައި މަދަނީ ސަރުކާރެއް ޤާއިމްކުރައްވާނެ ކަމަށް އެ ޤައުމުގައި މިހާރު ވެރިކަންކުރަމުންދާ އިންތިގާލީ އަސްކަރީ ކައުންސިލްގެ އައު ވެރިޔާ ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބުކުރައްވާ ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އަލް ބުރުޙާން ޢަބްދުއްރަޙުމާން ވިދާޅުވީ، ސޫދާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު މަދަނީ ސަރުކާރެއް އުފައްދަވާނެ ކަމަށާއި، އިންތިގާލީ މުއްދަތު ދެމިގެންދާނީ އެންމެ ގިނަވެގެން ދެ އަހަރަށް ކަމަށެވެ.

ރައްޔިތުންނާއި މުޚާތަބުކުރައްވާ ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އިތުރަށް ވިދާޅުވީ ބަޣާވާތަށް ފަހު އިންތިގާލީ އަސްކަރީ ކައުންސިލުން އިޢުލާނުކުރި ރޭގަނޑުގެ ކާފިއު އުވާލައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ސޫދާނަށް ގެނައި ބަޣާވާތުގައި މަޤާމުން ދުރުކުރި އެ ޤައުމުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވައި ހައްޔަރުކޮށް ޖަލަށް ލާފައިވާ އެންމެން މިނިވަން ކުރުމަށް އަމުރުކޮށްފައިވާކަން ވެސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ހާމަކުރެއްވިއެވެ.

އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިޔާ ކަމަށް ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އިސްކުރީ، ސޫދާނުގައި ގެނައި ބަޣާވާތަށް ފަހު އެ މަޤާމު ފުރަތަ ފުރުއްވި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް އެ މަޤާމުން ހުކުރު ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ރައްޔިތުންނާ މުޚާތަބުކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން ސޫދާނުގެ ސަލަމަތާއި ޖާސޫސީ ކަންކަމާ ބެހޭ އިސްވެރިޔާ މޭޖަރ ޖެނެރަލް ސަލާޙް ޢަބްދުﷲ ގޯޝް ވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު އުމަރު އަލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް ފެށި މުޒާހަރާތައް ކުރިއަށްދަނިކޮށް، ބުރާސްފަތި ދުވަހު ސޫދާނަށް އަސްކަރީ ބަޣާވާތެއް ގެނެސް، އެ ޤައުމުގެ ވެރިކަމާއި އަސްކަރިއްޔާއިން ހަވާލުވުމުން މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން ވަނީ އަސްކަރިއްޔާ އެއް ފަރާތަށް ޖެހި މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ޖާގަ ދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އޭރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިއަކަށް ހުރި ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް ވަނީ ސޫދާނުގައި ކާފިއު ހިންގުމަށް އަމުރުކުރައްވާފައެވެ.

މުޒާހަރާތަކާއި އަސްކަރިއްޔާގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކަށް ފަހު ހުކުރު ދުވަހުގެ އިރުއޮއްސުނު އިރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިޔާގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް އިސްތިޢުފާ ދެއްވުމާ ގުޅިގެން ސޫދާނުގެ ރައްޔިތުން ވަނީ ހޮނިހިރު ދުވަހު އިރު އަރަންދެން އުފާފާޅުކޮށްފައެވެ. އިބްނު އައުފް އަކީ ވެރިކަމުން ދުރުކުރި ޚުދުމުޚުތާރު ރައީސް، އުމަރު އަލް ބަޝީރުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރކަން ކުރެއްވި، ރައީސް ބަޝީރާއި ގާތް ބޭފުޅެކެވެ. އެގޮތުން ރައީސް ބަޝީރުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިބްނު އައުފް ވަނީ ސޫދާނުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް