24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އިޓާލިއަން ލީގު

އިޓާލިއަން ލީގު: ފަހަތުން އަރާ ޔުވަންޓަސްގެ މައްޗަށް ސްޕަލް ކުރިހޯދައިފި

  • ޔުވަންޓަސްގެ މައްޗަށް ސްޕަލް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 14 އޭޕުރިލް 2019 | އާދީއްތަ 09:48 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޔުވަންޓަސް އަދި ސްޕަލް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

އިޓާލިއަން ލީގުގައި ފަހަތުން އަރާ ޔުވަންޓަސްގެ މައްޗަށް ސްޕަލް ކުރިހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުވަންޓަސްއާ ވާދަކޮށް ސްޕަލްއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސްގެ މުހިންމު ގިނަ ކުޅުންތެރިން ނުލާ ސްޕަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 30 ވަނަ މިނެޓުގައި ޔުވަންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޭންއެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސްއިން ވަނީ ސްޕަލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ޔުވަންޓަސްއަށް ވަނީ ލީޑު ފުޅާކުރުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ސްޕަލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބޮނިފަޒީއެވެ. މެޗުން މޮޅުވި ލަނޑު ސްޕަލްއަށް ކާމިޔާބުކޮށްދިނީ ފްލޮކާރީއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 32 މެޗުން ލިބުނު 84 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ސްޕަލް އޮތީ ކުޅުނު 32 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

މިއީ ލީގުގައި ޔުވަންޓަސް ބަލިވި ދެވަނަ މެޗެވެ. އެޓީމު ވަނީ ކުޅުނު 32 މެޗުގެ ތެރެއިން 27 މެޗު ކާމިޔާބުކޮށްފައެވެ. ބާކީ ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ ވަނީ އުދިނޭޒީއާ ވާދަކޮށް 0-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ.

މުޅި މެޗުގައިވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ.

މި ނަތީޖާއާއެކު ރޯމާ އޮތީ ކުޅުނު 32 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި އުދިނޭޒީ އޮތީ ކުޅުނު 31 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އޭސީ މިލާން މޮޅުވީ ލާޒިއޯއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެސީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު އޭސީ މިލާން އޮތީ ކުޅުނު 32 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ލާޒިއޯ އޮތީ ކުލުނު 31 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް