24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބާސާ އެއްވަރުވިއިރު، އެޓްލެޓިކޯއިން ފަރަގު ކުޑަކޮށްފި

  • ބާސާ އެއްވަރުވީ ހިއުސްކާއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުން
  • އެޓްލެޓިކޯ މޮޅުވީ ސެލްޓަވިގޯއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 14 އޭޕުރިލް 2019 | އާދީއްތަ 08:40 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ބާސާ އަދި ހިއުސްކާ ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެއްވަރުވިއިރު، އެޓްލެޓިކޯ މެޑްރިޑުން ފަރަގު ކުޑަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ އެއްވަރުވީ ހިއުސްކާއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު މި ހަފްތާގައި އޮތުމާއެކު، ހިއުސްކާ ދަނޑުގައި ކުޅުނު މެޗަށް ބާސާއިން ނެރުނީ ޒުވާން ސްކޮޑެކެވެ.

މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް، އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ. އަދި ހިއުސްކާގެ ފަރާތުން މެޗުގައި ހަމަލާތަކެއް ފެނުނު ނަމަވެސް، އެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހަމަލާތަކުގެ ބޭނުން ނުހިފެއެވެ.

މުޅި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 32 މެޗުން ލިބުނު 74 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ހިއުސްކާ އޮތީ ކުޅުނު 32 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އެޓްލެޓިކޯއިން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރީ ހޮނިހިރު ދުވަހުގެ ރޭ ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ.

މެޗުގައި ސެލްޓަ ވިގޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް އެޓީމުންވެސް ވަނީ ލަނޑު ޖެހުމަށް މަދުން ފުރުސަތު ހޯދާ އެޓްލެޓިކޯގެ ގޯލަށް ނުރައްކާކޮށްފައެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅެމުންދިޔައީ އެޓްލެޓިކޯއިންނެވެ. އެގޮތުން ދެވަނަ ހާފްގައި އެޓްލެޓިކޯއިން ވަނީ ގްރިޒްމަންގެ އެހީތެރިކަމާއެކު އަލްވަރާ މޮރާޓާ ކާމިޔާބުކުރި ލަނޑާއެކު ލީޑު ފުޅާކޮށްފައެވެ.  

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު 32 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސެލްޓަވިގޯ އޮތީ ކުޅުނު 32 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

މިއާއެކު ބާސާ އާއި އެޓްލެޓިކޯއާ ދެމެދު އޮތް ފަރަގު ވަނީ ނުވަ ޕޮއިންޓަށް ކުޑަވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް