24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ތާލިބާން ހަނގުރާމަ

ތާލިބާނުންގެ ހަމަލާއެއްގައި ކުންދުޒުން މަދުވެގެން ހަ މީހުން މަރާލައިފި

  • ތާލިބާނުން ވަނީ ރަބީއު މޫސުމާ އެކު ހަމަލާތަކަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 14 އޭޕުރިލް 2019 | އާދީއްތަ 08:00 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ހަމަލާގައި އަށް މީހުން މަރުވި ކަމަށް ކުންދުޒްގެ ހޮސްޕިޓަލުން ބުނޭ -- އޭޕީ

އަފްޣާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކުންދުޒްގައި ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި މަދުވެގެން ހަ މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ކުންދުޒްގެ ޕްރޮވިންޝަލް ކައުންސިލްގެ ވެރިޔާ މުހައްމަދު ޔޫސުފް ވިދާޅުވީ ހޮނިހިރު ދުވަހު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތާލިބާނުން އެކި ދިމަދިމާލުން ހަމަލާ ދީފައިވާ ކަމަށެވެ.

އެ ސިޓީގެ ރަށް ބޭރުން އިވެން ފެށި ބަޑީގެ އަޑާއި ގޮވުންތަކުގެ އަޑާ އެކު އެތައް ސަތޭކަ ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އޭނާއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައި ވެއެވެ.

ކުުންދުޒްގެ ސަރަހައްދީ ސަރުކާރުގެ ވެރިޔާ ނައީމް މަންގަލް އޭއެފްޕީ ނޫސް އޭޖެންސީގައި ބުނެފައި ވަނީ މަދުވެގެން އަށް މީހުން މަރުވެފައިވާ ކަމަށާއި 62 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިރުމަތީގެ ޕްރޮވިންސްއެއް ކަމަށްވާ ނަންގަހާރުގައި ހުކުރު ދުވަހު ދިން ހަމަލާއެއްގެ ޒިންމާ ނަގާ ކަމަށް ވެސް ތާލިބާނުން ހޮނިހިރު ދުވަހު ބުނެފައި ވެއެވެ.

އެ ޕްރޮވިންސްގެ ތަރުޖަމާނު، އައްތާއުﷲ ޚުގްޔާނީ ވިދާޅުވީ އެ ހަމަލާގައި ތާލިބާނުންގެ 27 ހަނގުރާމަވެރިޔަކާ އެކު އަފްޣާނިސްތާނުގެ ސިފައިންގެ ދެ މީހުން މަރުވެފައިވާ ކަމަށެވެ.

ތާލިބާނުންގެ މި ހަމަލާތަށް އައިސްފައިވަނީ އެ ޖަމާއަތުން އޮޕަރޭޝަން ފަތުގެ ނަމުގައި ހަމަލާތަކެއް ފަށާފައިވާކަން އިއުލާނުކޮށްފައިވަނިކޮށެވެ. އެ ނަމަކީ މި ރަބީއު މޫސުމުގެ ހަމަލާތަކަށް އެ ޖަމާއަތުން ދީފައިވާ ނަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް