24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ތުޅާދޫ ދާއިރާގެ ގޮނޑި

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

  • ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށް އޯޑިއޯގައި ބުނޭ
ސިމާހާ ނަސީމް | sim_kamana

| 14 އޭޕުރިލް 2019 | އާދީއްތަ 03:50 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު -- ޓްވިޓަރ

ބ. ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކްވެއްޖެއެވެ.

އެ އޯޑިއޯ އިން އިނގޭ ގޮތުގައި އެ ދާއިރާގެ ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ.

ލީކްވެފައިވާ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ ދެ މީހެކެވެ.. އޭގެ ތެރެއިން އެކަކަކީ ވަކީލެއް ކަން އެނގެއެވެ.

މި އޯޑިއޯގައި ވަކީލާ ވާހަކަ ދެއްކި މީހާ ބުނާ ގޮތުން އޭނާ އަތުގައި ޕީޕީއެމުން ދިން ސިޓީ އާއި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ދިން ސިޓީގެ ޖަވާބު އެބައޮތެވެ. އަދި އިލެކްޝަނުން ދިން ސިޓީގެ ޖަވާބުގައި ބުނާ ގޮތުން އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ނަމަ ސުޕްރީމް ކޯޓަށް ދިއުމަށް އަންގާފައިވާ ކަމަށް އެމީހާ ބުނެއެވެ.  އެމީހާގެ އެ ވާހަކަތަކަށް ރައްދުދީ ވަކީލު ބުނެފައިވަނީ އެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ނިމޭނެ ގޮތް ނޭނގޭ ކަމަށެވެ.

ވަކީލުގެ އެވާހަކަތަކާ ގުޅިގެން އެމީހާ ބުނެފައި ވަނީ "އެއީ ގެރެންޓީ އެއްޗެއް" ކަމަށާއި އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އެކަހަލަ ބޭކާރު ކަމެއް ނުކުރާނެ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ވަކީލު މާ ގިނަ އަޑުއެހެންތަކަށް ދާން ނުޖެހޭނެކަން ފާހަގަކޮށް އެމީހާ ބުނެފައިވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރޭނެ ކަމަށެވެ. އަދި އެ މައްސަލާގައި މާބޮޑު ވަކާލާތު ކުރުންތަކެއް ނޯންނާނެ ކަމަށް ވެސް އެމީހާ އޯޑިއޯގައި ވަކީލު ކައިރީގައި ބުނެފައިވެއެވެ.

އިލްކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް ހިސާން ހުސައިނެވެ. އިންތިހާބުގައި ހިސާންއަށް 1521 ވޯޓް ލިބިފައިވާއިރު މި ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓް މުހައްމަދު އަތީފަށް ލިބިފައިވަނީ އެންމެ 796 ވޯޓެވެ.   

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

1 ހަފްތާކުރިން

ދޭބަލަވާގޮްތް ބަލާލަން، އަހަރުމެން ހުރިހާ ގޮންޑި ހިފައިގެން ކޯޓައް ބާތިލްކުރަން ދާނަން

0
0