26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފިލިޕީންސް ޑްރަގް ވިޔަފާރި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

  • ތުޙުމަތު ކުރަނީ ޑްރަގް ރިންގެއް ހިންގި ކަމަށް
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 24 ފެބުރުވަރީ 2017 | ހުކުރު 15:34 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ލީލާ ޑި ލީމާ: އެކަމަނާގެ މައްޗަށް ކޮށްފައިވަނީ ޖަސްޓިސް ސެކެޓްރީ ކަމުގައި ހުރެގެން ޑްރަގް ޓްރެފިކިންގ ރިންގެއް ހިންގުމުގެ ތުޙުމަތު -- ގޫގުލް

މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ފިލިޕީންސްގެ ރައީސް، ރޮޑްރީގޯ ޑުޓާޓޭ ކުރިއަށްގެންދަވާ ހަރުކަށި ހަނގުރާމައަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެ ޤައުމުގެ ސެނެޓް މެންބަރު، ލީލާ ޑި ލީމާ ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮޮށްފިއެވެ.

ފިލިޕީންސްގެ ޖަސްޓިސް ސެކެޓްރީކަން ވެސް ކުރައްވާފައިވާ ލީލާ މިއަދު ހައްޔަރުކޮށްފައިވަނީ، 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އެކަމަނާ ފިލިޕީންސްގެ ޖަސްޓިސް ސެކެޓްރީގެ މަޤާމުގައި ހުންނެވިއިރު، ޖަލުގައި ތިބި ގައިދީން ބައިވެރިކޮށްގެން ޑްރަގް ޓްރެފިކިންގ ރިންގެއް ހިންގުމުގެ ތުޙުމަތުގައެވެ. އެގޮތުން މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޖަލުގައި ތިބި ގައިދީން އަތުން އެކަމަނާ ފައިސާ ނަންގަވާފައިވާކަމަށް އެކަމަނާގެ މައްޗަށް ކޮށްފައިވާ ތުޙުމަތުގައިވެއެވެ.

ލީލާގެ އިތުރުން، މި ކުށުގައި ބައިވެރިވި ކަމުގެ ތުޙުމަތު ލީލާގެ ކުރީގެ ޑްރައިވަރާއި، އެކަމަނާގެ ހަށިފާރަވެރިއެއްގެ އިތުރުން ކުރީގެ ޕްރިޒަން އޮފިސަރެއްގެ މައްޗަށް ވެސް ކޮށްފައިވާއިރު، އެ ފަރާތްތައް ވެސް ހައްޔަރު ކުރުމަށް މިހާރު ވަނީ ކޯޓު އަމުރު ނެރެފައެވެ.

ލީލާގެ މައްޗަށް ކޮށްފައިވާ ތުޙުމަތުތަކަށް އެކަމަނާ އިންކާރުކޮށްފައިވާއިރު، މި ތުޙުމަތުތަކަކީ ސިޔާސީ ތުޙުމަތުތަކެއް ކަމަށާއި، ރައީސް ޑުޓާޓޭގެ ސަރުކާރުގެ ފުރަތަމަ ސިޔާސީ ކުށްވެރިއަކަށް އެކަމަނާ ހަދާފާނެ ކަމުގެ ބިރު ހީވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ލީލާގެ ވަކީލުންގެ ފަރާތުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފިލިޕީންސްއިން މަސްތުވަތަކެތީގެ ވަބާ ފޮހެލާނެ ކަމުގެ ވަޢުދާއެކު ނިމިގެންދިޔަ އަހަރު އެ ޤައުމުގެ ވެރިކަމަށް ވަޑައިގަތް، ޑުޓާޓޭގެ ވެރިކަމުގައި މަސްތުވާތެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތައް ޝަރީޢަތަކާއި ނުލައި ދަނީ މަރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި ރައީސް ޑުޓާޓޭ ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުޙުމަތު ކުރެވޭ 7000 މީހުން ޝަރީޢަތަކާ ނުލައި މަރާލާފައެވެ. އަދި މީގެ ތެރެއިން ގިނަ މީހުން މަރާފައިވަނީ ފައިސާއަށް މީހުން މަރާ މީހުން ކަމަށާއި، އެކަން ކޮށްފައި ވަނީ ފުލުހުން އަޑީގައި ތިބެގެން ސަރުކާރުގެ އެއްބާރުލުމާއެކު ކަމަށް ވެސް ކަމާބެހޭ ގިނަ ފަރާތްތަކަުން ވަނީ ތުޙުމަތުކޮށްފައެވެ.

ޑުޓާޓޭގެ މި ޑްރަގް ހަނގުރާމައިގައި ގިނަބަޔަކު މަރުވަމުންދާތީ، އެކަމާ ބައިނަލްއަޤުވާމީ ދުނިޔެއިން ފިޔަވަޅުތަކެއް އަޅައިދިނުމަށް މިއަދު ހައްޔަރު ކުރި ލީމާ ކުރިން ގޮވާލައްވާފައިވާއިރު، އެކަމަނާ އިސްވެ، އެކި ފަހަރުމަތިން މި މައްސަލަ ފިލިޕީންސްގެ ސެނެޓަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް