24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ބޮލީވުޑް

ޕޫޖާ ބޭދީގެ ދަރިފުޅު ސައިފްއާއި އެކު ބޮލީވުޑަށް

  • އަލައިއާ ފެނިގެން ދާނީ ސައިފްގެ ދަރިފުޅުގެ ރޯލުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 އޭޕުރިލް 2019 | ހޮނިހިރު 20:20 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސައިފް އަލީ ޚާން އާއި އަލައިއާ ފަރްނީޗަރުވާލާ -- ހިންދުސްތާނީ ޓައިމްސް

ޕޫޖާ ބޭދީގެ ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތަޢާރަފް ވެގެން ދާނީ ސައިފް އަލި ޚާން އާއި އެކުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައިފްގެ ހޯމް ޕްރޮޑަކްޝަން މޫވީ "ޖަވާނި ޖާނެމަން" ގައި އަލައިއާ ފެނިގެން ދާނީ ސައިފްގެ ދަރިފުޅުގެ ރޯލުންނެވެ.

"މިޑް ޑޭ" އަށް ދިން އިންޓަވިއުގައި ސައިފް ބުނެފައި ވަނީ އެމީހުން ބޭނުންވާ ހުރިހާ ކޮލިޓީއެއް އަލައިއާގެ އެބަހުރި ކަމަށެވެ.

އެމީހުން ބޭނުންވާ ކަހަލަ ކުއްޖަކު ލިބުން އެއީ ނަސީބެއް ކަމަށާއި މި ފިލްމަކީ ބައްޕަ އާއި ދަރިފުޅުގެ އޮންނަ ގުޅުމާއި ގުޅޭ ގޮތުން ތައްޔާރު ކުރާ  ފިލްމެއް ކަމަށެވެ.

މި ފިލްމުގައި ސައިފްގެ ރޯލަށް ސައިފްގެ ދަރިފުޅު ސާރާ އަލީ ޚާން ހަމަނުޖެއްސީ ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބުދެމުން ސައިފް ބުނެފައިވަނީ އޭނާ އެފިލްމުން ސާރާ ފެންނަން ވަރަށް ބޭނުންވި ކަމަށާއި ނަމަވެސް އެރޯލަށް ބޭނުން ވަނީ އަލަށް ނުކުންނަ ކުއްޖެއް ކަމަށެވެ.

ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ބާޒާރު" އިންނެވެ.  މީގެ އިތުރުން ނެޓްފްލިކްސް އިން ދެއްކި "ސެކްރެޑް ގޭމްސް" އިންވެސް ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން މިއަހަރުގެ ފަހުކޮޅު ދެއްކުމަށް ހަމަޖެހިފައިވާ "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނުން ވެސް ސައިފް ފެނިގެންދާނެއެވެ

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް