24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ހަޑަސްފިލްޑް ބަލިކޮށް ޓޮޓެންހަމް ތިންވަނައަށް ޖެހިލައިފި

  • ހަޑަސްފިލްޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 0-4 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 13 އޭޕުރިލް 2019 | ހޮނިހިރު 18:49 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ހަޑަސްފިލްޑް ޓައުން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ ހަޑަސްފިލްޑްއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 24 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ލޮރެންޓޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ވަންޔަމާއެވެ.

މި ލަނޑަށްފަހު ވެސް ޓޮޓެންހަމުން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އެގޮތުން 27 ވަނަ މިނެޓުގައި ސިސޮކޯގެ އެހީތެރިކަމާއެކު ލޫކަސް މޯރާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމުންނެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު މޯރާއެވެ.

މޯރާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިތުރުވަގުތުގައި ސޮންގެ އެހީތެރިކަމާއެކު ކާމިޔާބުކުރި ލަނޑުންނެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ހަތަރުވަނަ ކުޅުންތެރިޔާއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 33 މެޗުން ލިބުނު 67 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ހަޑަސްފިލްޑް އޮތީ 34 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

ޓޮޓެންހަމް ތިންވަނައިގައި އޮތް ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ އަދި އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުތަކަށް ފަހު މަގާމު ބަދަލުވުން އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް