22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ބިމަލް ގާތީ މަގަރު

ނޭޕާލްގެ ޒުވާން ތަރި ބިމަލް ޓީސީއަށް

  • އުމުރުން 21 އަހަރުގެ ބިމާލް ވަނީ ނޭޕާލް ގައުމީ ޓީމަށް 26 މެޗު ކުޅެފައި
ލީވާން އަލީ | MrLeevaan

| 13 އޭޕުރިލް 2019 | ހޮނިހިރު 18:01 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ބިމަލް މަގަރު -- ޓްވިޓަރ

ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމުގެ ޒުވާން ތަރި ބިމަލް ގާތީ މަގަރު ކުރިޔަށް އޮތް ސީޒަނަށް ޓީސީ ސްޕޯޓްސް ކްލަބަށް ގެންނަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޓީސީގެ އޮފިޝަލަކު ވިދާޅުވީ، ކުރިޔަށް އޮތް ސީޒަނުގައި ޓީސީން ބިމަލް ފެންނާނެ ކަމަށާއި، މިހާރު ކުރިޔަށް ދަނީ އޭނާ ގެނައުމުގެ އެންމެ ފަހުގެ ކަންކަން ކަމަށެވެ. އަދި ޕްރެކްޓިސް ފަށާނީވެސް އޭނާއާއެކުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓީސީން ބިމަލް ގެންނަން ނިންމާފައިވާއިރު، މިދިޔަ ދެ ސީޒަނުގައި ވެސް އެ ކްލަބަށް ކުޅުނު ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮންވެސް ކުރިޔަށް އޮތް ސީޒަނުގައި ފެންނާނީ ޓީސީން ކަމަށް އެ ކްލަބުން ބުނެއެވެ.

ބިމަލް ވަނީ ނޭޕާލް ކްލަބްތަކުގެ އިތުރުން އިންޑިއާގެ މޯހަން ބަގަން އަށް މީގެ ކުރިން ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ ނޭޕާލުގެ ޗިޔާސަލް ޔޫތު ކްލަބަށެވެ. އެ ޓީމުގައި އޭނާ ވަނީ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް ބިމަލް ވަނީ 2013 ވަނަ އަހަރު ނެދަލެންޑްސްގެ ކްލަބް ޓްވެންޓޭ އެފްސީގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އޭނާ އަށް އެ ޓީމަށް ސޮއިކުރެވޭ ގޮތްނުވީ ފީފާގެ ގަވާއިދުތަކެއް ފުށުއަރާތީ އެވެ. އޭގެ އަހަރެއް ފަހުން ބިމަލް ވަނީ ބެލްޖިއަމްގެ ގަދަބާރު އެންޑަލެކްޓްގެ ޔޫތު ޓީމުގައި ވެސް ޓްރަޔަލްތަކެއް ފުރިހަމަކޮށްފަ އެވެ.

ނޭޕާލް ގައުމީ ޓީމަށް 26 މެޗު ކުޅެ 8 ލަނޑު ކާމިޔާބުކޮށްފައިވާ ބިމަލް އަކީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ގޯލްޑް ކަޕާއި އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރި ނޭޕާލް ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް