22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ވިލިއަން

ވިލިއަންއަށް އަލުން ބިޑުކުރަން ބާސާއިން މަސައްކަތް ފަށައިފި

  • ވިލިއަންގެ އެއްބަސްވުން ހަމަވާނީ 2020 ގައި
ލީވާން އަލީ | MrLeevaan

| 13 އޭޕުރިލް 2019 | ހޮނިހިރު 17:28 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން -- ގެޓީ އިމޭޖާސް

ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަންއަށް އަލުން ބިޑުކުރަން ބާސެލޯނާއިން މަސައްކަތް ފަށައިފިއެވެ.

ދަ ޓެލެގްރާފްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ބާސާއިން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ވިލިއަން ވެސް ހިމެނޭ ކަމަށާއި، އޭނާއަށް ބިޑުކުރަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިމިދިޔަ ސީޒަނުގެ އިތުރުން ޖެނުއަރީ ޓްރާންސްފާގައި ވެސް ވިލިއަން ހޯދުމުގެ މަސައްކަތް ބާސާއިން ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ ބާސާ އާއި ޗެލްސީއާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ޗެލްސީއާއެކު އުމުރުން 30 އަހަރުގެ ވިލިއަން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލިއަން ބުނީ، އާ އެއްބަސްވުމެއްގައި ސޮއިކުރަން ކްލަބުން ބޭނުންވާކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އާ އެއްބަސްވުމެއް އޭނާ ބޭނުންވާ ކަމަށެވެ.

ކުރިމަގު އޮތީ ޗެލްސީއާ އެކުކަން ފާހަގަކުރަމުން ވިލިއަން ބުނީ، ޗެލްސީގައި ހޭދަކުރި ފަސް އަހަރާ ބައިގެ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ކްލަބާ އެކު ހޯދިފައިވާ ކަމަށާއި، ކްލަބުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިޔަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 285 މެޗުގައި 52 ލަނޑު ކާމިޔާބު ކޮށްފައެވެ.

ވިލިއަން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ފުޓުބޯޅަ ލީގު ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 65 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފައިވާ ވިލިއަން ވަނީ 2007 ވަނަ އަހަރު ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ސައުތު އެމެރިކަން ޔޫތު ފުޓުބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް