22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ކޮންޓޭ - ރަނިއޭރީ

ރަނިއޭރީގެ ބަދަލުގައި ރޯމާގެ ކޯޗަކަށް ކޮންޓޭ ގެންނަނީ

  • ރަނިއޭރީގެ އިރުޝާދުގެ ދަށުން ރޯމާ ބަލިވީ އަދި އެންމެ ދެ މެޗުން
ލީވާން އަލީ | MrLeevaan

| 13 އޭޕުރިލް 2019 | ހޮނިހިރު 15:59 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކޮންޓޭ (ކ) އަދި ރަނިއޭރީ (ވ) -- ގެޓީ އިމޭޖާސް

ކްލައުޑިއޯ ރަނިއޭރީގެ ބަދަލުގައި ރޯމާގެ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ރިޕޯޓްތައް ބުނާގޮތުން ރޯމާ މި ސީޒަނގައި ހޯދަމުން އަންނަ ނަތީޖާއާމެދު ކްލަބުން އެހާ ހިތްހަމަނުޖެހެއެވެ. އެގޮތުން ސީޒަން ނިމުމުގެ ކުރިން ކޯޗަކަށް ކޮންޓޭ ގެނައުމަށް ރޯމާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި ރޯމާ މިހާތަނަށް 31 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވީ 14 މެޗުންނެވެ. ބާކީ 8 މެޗުން ބަލިވިއިރު، އަނެއް ނުވަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރޯމާއިން ވަނީ އެޓީމުގެ ކޯޗަކަށް ހޯޒޭ މޮރީނިއޯ ގެނައުމަށްވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ އޭނާއާ އެކަމާ ގުޅޭގޮތުން މަޝްވަރާ ވެސް ކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަނިއޭރީގެ އިރުޝާދުގެ ދަށުން މިހާތަނަށް ރޯމާ ފަސް މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވީ ދެ މެޗުންނެވެ. ބާކީ ދެ މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާ ރަނިއޭރީ ވަނީ މަޝްހޫރު ގިނަ ކްލަބްތަކަށް އަދި ގްރީސް ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އޭނާ ކޯޗުކަން ކޮށްދިން މަޝްހޫރު ކްލަބްތަކުގެ ތެރޭގައި މޮނާކޯ، އިންޓަ މިލާން، ޔުވެންޓަސް، ވެލެންސިއާ، ނަޕޯލީ، އެޓްލެޓިކޯ މެޑްރިޑް އަދި ޗެލްސީ ހިމެނެއެވެ.

ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ކޮންޓޭ ހޯދުމަށް ވެސް ގިނަ ކްލްބަތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްދިނީ ޗެލްސީއަށެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީން 106 މެޗު ކުޅެފައިވާއިރު، 69 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 29 މެޗުން ބަލިވިއިރު، 17 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް