22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އެމް7 ނައިޓް 2018

ޗާޕުގެ އިންޑަސްޓްރީ ދަނީ އުވެމުން: އެމް7 ސައްތާރު

  • ޒުވާނުންނަށް އެހީތެރިކަން ދެވިއްޖެ ނަމަ ކުރިއަރާނެ ދާއިރާއެއް ކަމަށް ވިދާޅުވި
އަމަން ހަލީމް | soupized

| 13 އޭޕުރިލް 2019 | ހޮނިހިރު 04:52 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެމް7 ނައިޓް 2018 ފާހަގަކުރަން ބޭއްވި ހަފުލާގައި ސައްތާރު ވާހަކަފުޅު ދައްކަވަނީ -- އާކައިވް

ޗާޕުގެ އިންޑަސްޓްރީ ދަނީ އުވެމުން ކަަމަށާއި، ރާއްޖޭގައި ޗާޕުގެ މަސައްކަތް ކުރާ ތަންތަން ދުވަހުން ދުވަހަކަށް ދަނީ މަދުވަމުން ކަމަށް އެމް7ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެމް7 އިން 2018 ވަނަ އަހަރު ހޯދި ކާމިޔާބީތައް ފާހަގަކޮށް ކުންފުނީގައި މަސައްކަތް ކުރާ މުއައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި "އެމް7 ނައިޓް 2018" ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ޗާޕުގެ އިންޑަސްޓްރީއަކީ މުހިންމު އިންޑަސްޓްރީއެއް ކަމުގައިވީ ނަމަވެސް، މި އިންޑަސްޓްރީ ކުރިއަރުވަން އެދެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ. ސައްތާރު ވަނީ ސިޔާސަތުތައް އެކުލަވާލުމުގައި މަސައްކަތް ކުރާ ފަރާތްތަކުން މިއީ ވެސް އިންޑަސްޓްރީއެއްކަން ދަނެގެން މިކަމަށް އެދެވޭ ހައްލެއް ގެނެސްދިނުމަށް ގޮވާލައްވާފައެވެ.

ސައްތާރު ވިދާޅުވީ މިއަދު މި މަސައްކަތައް އަލަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ އެއްމެ ބޮޑު ގޮންޖެހުމަކީ މީހަކު ދިރާސާއެއްކޮށްގެން މަސައްކަތެއް ފެށުމުގެ ނިޔަތުގައި ޕްރޮޕޯޒަލްއެއް ހިފައިގެން ދިޔުމުން އެ މަސައްކަތް ބަލައިނުގަތުން ކަމަށެވެ. އެގޮތުން އަމިއްލަ ތަޖުރިބާއިން މިސާލު ނަންގަވަމުން ސައްތާރު ވިދާޅުވީ އެމް7ގެ މަސައްކަތް ފަށަން ވެސް އެތައް ބޭންކުތަކަކާއި ވިޔަފާރިވެރިން ކައިރިޔަށް ދިޔަ ނަމަވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިކަން އެންމެ ފަހުން ކުރެވޭ ގޮތްވީ ރައްޓެއްސަކު މެދުވެރިވެގެން ލިބުނު ފުރުސަތެއްގައި ކުންފުނީގެ ހިއްސާ ވެސް ދޫކޮށްލައިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ މިކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށް ވިދާޅުވެ ސައްތާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަން ކަމަށް ހައްލެއް ގެނައުމަށް ސައްތާރު ވަނީ އިންސާނީ ވަސީލަތް ކުރިއެރުވުމަށާއި މެޝިނަރީޒް ގަތުމަށް ހުރި ދަތިތައް ފިލުވައިދެއްވުމަށް ކަމާބެހޭ ފަރާއްތަކަށް ގޮވާލައްވާފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ގޮތުން ވެސް ކުރެވޭނޭ ވިޔަފާރިއެއް ކަމަށާއި، މި ރާއްޖޭގައި ވެސް ޑިޒައިން އަދި ލޭއައުޓް ހަދަން ވަރަށް ކުޅަދާނަ އަދި އެހާމެ ހުނަރުވެރި ކުދިން އެބަތިބިކަން ސައްތާރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް ފަސޭހަކަމާ އެކީ މާލީ އެހީ ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ސައްތާރު ގޮވާލެއްވިއެވެ.

އެމް7 އިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެ ކުންފުނިން ވަނީ އެތަނުގެ ކްލަޔަންޓުންނާއި އެތަނުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް އެވޯޑާއި ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށް ދިން ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތަތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އެމް7 އަކީ އެންމެ މަތީ ފަންތީގެ ދިވެހި ކުންފުނިތަކަށްދޭ "ގޯލްޑް 100" އެވޯޑު ވެސް ކާމިޔާބު ކޮށްފައިވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޕްރައިމަރީ

6 ދުވަަސް ކުރިން

އައުޓްޑޭޓެޑް ...މިޔޮއް ހައިޓެކް ޒަމާނުގަ ޗާޕޭ؟

0
0