22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ކުޅުންތެރިން

ފުރުސަތު އެބަހުރި، ބޭނުންނަމަ ފުޓުބޯޅައިން ކުރިއަށް ދެވޭނެ: ޝާލިއާ

  • އަލުން ފުޓުބޯޅަ ކުޅެންފެށީ ފަސްއަހަރުގެ މެދު ކެންޑުމަކަށްފަހު
މިއުނާ ހަސަން | @miuna_hassan

| 12 އޭޕުރިލް 2019 | ހުކުރު 18:40 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ފާތުމަތު ޝާލިޔާ އެމްޕީއެލް ޖާޒީގައި -- އާކައިވް

ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް ތަމްރީނު ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ބޭނުންނަމަ އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހި ވެފައި ވާކަމަށް ޤައުމީ އަންހެން ފުޓުބޯޅަ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ ފާތިމަތު ޝާލިއާ ބުނެފިއެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން 28 އަހަރުގެ ޝާލިއާ ބުނީ ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ ކުރިއަށް ދިއުމުގައި ގިނަ ހުރަސްތަކެއް ހުރި ކަމަށެވެ. ހާއްސަ ގޮތެއްގައި މުޖުތަމައުގެ ގިނަ ބައެއްގެ ގަބޫލް ކުރުންތަކާއި ހަނގާ ކުރުންތަކުގެ ސަބަބުން ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ އަންހެން ކުދިންނަށް ފުޓުބޯޅަ ކުޅެން ނުކެރޭ ކަމަށެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އާއި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދެވުނު ފުޓުބޯޅަ މުބާރާތަކުން ފުޓުބޯޅަ ކުޅެންފެށި ޝާލިއާ ބުނީ، ރަށުގައި އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެފައިވަނީ އެއް އުމުރުފުރާގެ ފިރިހެން ކުދިންނާއެކު ކަމަށާއި، މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގައި ފުޓުބޯޅަ ކުޅޭ އަންހެންކުދިން މަދުކަމުންނާއި، މުޖުތަމައުގައި ފުޓުބޯޅަ ކުޅޭ އަންހެން ކުދިން ލޭބަލް ކޮށްފައި އޮންނަ ގޮތުގެ ސަބަބުން ކުޅިވަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅެން އަންހެން ކުދިންނަށް ނުކެރޭ ކަމަށެވެ. 

ޝާލިއާ ބުނީ، މިފަހަކަށް އައިސް ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ކުރިން ޓީމް ހަމަ ނުވެގެން އަންހެނުންގެ ފުޓުބޯޅަ މެޗު ނުކުޅެވިފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ ކުދިން ފެނުމުން އެކަމާ އުފާ ކުރާ ކަމަށެވެ. 

މިހާތަނަށް ޤައުމީ ފެންވަރެއްގައި ބޭއްވިފައިވާ ގިނަ މުބާރާތްތަކެއްގެ ގަދަ ފަސްވަނާގައި ހިމެނި، ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދާފައިވާ ޝާލިއާ ވަނީ، މި އަހަރު ނޭޕާލުގައި ބޭއްވި ސާފްވިމެން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ވެސް ހިމެނި، ރަނގަޅު ކުޅުމެއް ދަައްކާފައެވެ. މުބާރާތުގެ ތަޖުރިބާ ހިއްސާ ކުރަމުން ޝާލިއާ ބުނީ، އެކަށީގެންވާ ތަމްރީނު ރާއްޖޭގެ ޓީމަށް ލިބޭނަމަ ބޭރުގެ ކުޅުންތެރިންނެކޭ ވެސް އެއްފަދައިން ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިން ރާއްޖޭގައިވެސް އެބަތިބި ކަމަށެވެ. 

ޒަވާޖީ ހަޔާތެއް ފަށައި، ވިހެއުމުގެ ސަބަބުން ފަސްއަހަރުގެ މެދު ކެންޑުމަކަށް ފަހު އަލުން އެންބުރި ޝާލިއާ ފުޓުބޯޅައަށް ނުކުތުމަށްފަހު ކްލަބް މޯލްޑިވްސް ކަޕްގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި ވާއިރު އޭނާ ވަނީ، ވޭތުވެދިޔަ އަހަރު ތަކުގައި ކްލަބް މޯލްޑީވްސް ކަޕްގެ އަންހެން ބައިގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ. މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މޯލްޑީވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޓީމުގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއްް ދައްކަމުންނެވެ. 

ދިގު މުއްދަތަކަށް ފުޓުބޯޅަ އާއި ދުރުގައި ހުރުމަށްފަހު އެނބުރި އަންނަން ޖެހުނީ ފުޓުބޯޅަ އާއި ދުރުގައި ނުހުރެވިގެން ކަމަށާއި، "ފުޓުބޯލް އިޒް ލައިފް" ކަމަށް ޝާލިއާ ބުންޏެވެ. ފުޓުބޯޅަ ކުޅުމަށް ފިރިމީހާ އާއި އާއިލާގެ އިތުރުން ވުމަންސް ފުޓުބޯލް ކްލަބުގެ މެންބަރުންނާއި ފައުންޑަރސްގެ ފަރާތުން ހިތްވަރު ލިބޭ ކަމަށާއި، މަރިޔަމް މުހައްމަދު (މާޔަން) ކޯޗް އާއި އާމިރާ އަލީގެ ފަރާތުން އަބަދުވެސް ހިތްވަރު ލިބޭ ކަމަށް ޝާލިއާ ބުންޏެވެ.

ޝާލިއާގެ ވާހަކަ ނިންމާލަމުން އޭނާ ބުނީ، ޒަމާން ބަދަލު ވެއްޖެ ކަމަށާއި، ކުރިއަށް ދާން ބޭނުން ދާއިރާއަކުން ނުވަތަ ކުޅެން ބޭނުން ކުޅިވަރެއް ކުޅުމަށް ފަސްޖެހިގެން ނުވާނެ ކަމަށާއި، ޝައުގުވެރިވާ ކަމަކަށް ކެރިގެން ކުރިމަތި ލާންވާނެ ކަމަށް އޭނާ ބުންޏެވެ. މީހުން ދައްކާ ވާހަކަ އަޑު އަހަންވެއްޖެ ނަމަ ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، ހިތްވަރުދީ ކުރިއެރުމަށް މަގުފަހި ކޮށްދޭ މީހުންގެ ބަސްއަހައިން ފަސްނުޖެހި "ގިވްއަޕް" ނުކޮށް ކުރިއަށް ދިއުމަށް ހުރިހާ ކުޅުންތެރިންވެސް އަދި ކުޅިވަރަށް ޝައުގުވެރިވާ ކުދިންވެސް އަޒުމު ކަނޑައެޅުން މިހިއްމު ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް