24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އެމްޑިޕީގެ ކާމިޔާބީ ފާހަގަކުރުން

ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި

 • 24 ގަޑިއިރަށް ފަތަން ފެށީ އެމްޑީޕީއަށް 50 ވުރެ ގިނަ ގޮނޑި ލިބުމުން
 • އޭނާ ފަތަން ފެށީ ހުކުރު ދުވަހު 2:21 ގައި
 • ކޮންމެ ގަޑިއިރަކު 500 އެމްއެލް ފެންބޯނެ
ލައިޝާ އަހްމަދު | LailaAhmeds

| 12 އޭޕުރިލް 2019 | ހުކުރު 15:35 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ފިރާސް އަފީފް އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރަން ފަތަނީ -- ރާއްޖެއެމްވީ

ނަވާރަ ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، އެއް ބަޔަކު ދަނީ ސައިކަލު ބުރުތައް ބާއްވަމުންނެވެ. އަނެއް ބަޔަކު ތަފާތު ޖާފަތްތަކާއި ކެއުންތައް ކުރިއަށްގެންދާއިރު، ބައެއް ފަރާތްތަކުން ދަނީ ދޮރުން ދޮރަށް ހިނގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ޝުކުރު އަދާ ކުރަމުންނެވެ. އޭގެ އިތުރުން، އެމްޑީޕީގެ ޖަގަހަތަކާއި، ހަރުގެ ތަކުގައި ކާމިޔާބީގެ އުފާ ފާޅުކުރަމުންދަނީ ވެސް މަދަކުން ނޫނެވެ. ނަމަވެސް އުމުރުން 38 އަހަރުގެ ފިރާސް އަފީފަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ އެންމެ ތަފާތު ގޮތަކަށް ފާހަގަކުރާ އެކަކަށް ވާނެކަން ޔަޤީނެވެ. 

ހޮނިހިރު ދުވަހު ވޯޓުގެ ވަގުތީ ނަތީޖާތައް ދައްކަމުން ދިޔަ އިރު، ފިރާސްގެ އެކުވެރިންނަށް އަޅައިގަތީ އޭނާ ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ފިރާސް ބުނެފައިވަނީ އެމްޑީޕީއަށް 19 ވަނަ މަޖިލީހުގައި 50 ގޮނޑިއަށްވުރެ ގިނައިން ކާމިޔާބު ކުރެވިއްޖެނަމަ 24 ގަޑިއިރު ވަންދެން ފަތާނެ ކަމަށެވެ. އެއާއެކު ގިނަ ރައްޓެހިންތަކެއް އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާއިރު، އެންމެންނަށް ވެސް އުފެދުނު ސުވާލަކީ ފިރާސަށް އެކަން ވާނެބާއެވެ؟

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަައުލޫމާތުދެމުން ފިރާސް މިވަނީ އޭނާ މިފަދަ ބެޓެއް ކުރި ސަބަބު ކިޔާދީފައެވެ. 

"ވޯޓުލީ ދުވަހު ހަތަރެއް ޖެހި އިރުވެސް ވަރަށް ޕަސެންޓޭޖް ލޯ އަހަރެން ހިތްހަމަޖެހޭ ވަރަށް ވުރެވެސް، 60 ޕަސެންޓް ވަރު ކަންނޭނގެ އިނީ ޓާރންއައުޓް، ދެން ހިތަށް އެއީ އެފްބީގައާ އެއްޗެހީގައި އަހަރެންގެ ރައްޓެހިންނާ އެންމެން ނެރެވޭނީ ކިހިނެއްބާ އޭ، ދެން ވަރަށް ފަތާ ހިތްވޭ އަބަދުވެސް، ދެން ޕާރސަނަލް ޗެލެންޖެއްގެ ގޮތުން އަހަންނަށް ކުރެވިދާނެ ކަމެއް ބެޓަކަށް ބަދަލުކޮށްލާފަ ސްޓޭޓަސްއެއް ޖަހާލީ އެމްޑީޕީއަށް 50 ގޮނޑިއަށްވުރެ އިތުރުވެއްޖެނަމަ 24 ގަޑިއިރު އަމިއްލައަށް ސްވިމިންގ ޖެލެންޖެއް ގޮތަށް ނަގާނީއޭ، ބެޓެއް ހަމަ ޕާރސަނަލީ،" ފިރާސް ކިޔާދިނެވެ.

ފިރާސް ފޭސްބުކްގައި ހިއްސާކުރި ޕޯސްޓް

ނަމަވެސް ފިރާސް މިވަނީ އޭނާގެ ބެޓް ފުރިހަމަކުރަން ނުކުމެފައެވެ. ހުކުރު ދުވަހު މެންދުރުފަހު 2:21 ގައި ފިރާސް ފަތަން ފަށާފައިވާއިރު، ފެށުމުގެ ކުރިން އޭނާވަނީ ވަރަށް ބޮޑަށް ދިރާސާ ވެސް ކޮށްފައެވެ. އެގޮތުން ސިއްހީ ގޮތުންނާއި، ސަލާމަތީ ގޮތުން ވެސް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފިރާސް ވަނީ ފުރިހަމަ ދިރާސާއެއް ކޮށްފައެވެ. އެކަން ރާއްޖެއެމްވީއަށް ހިއްސާކުރަމުން ފިރާސް ބުނީ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށެވެ.

" ކުޑަކޮށް ބްރޭކް ނަގަން ޖެހޭނެ، ރިސާރޗް ކޮށްލިއިރު އެހާ ފަސޭހަ ކަމަކަށް ނުވި، ޕާރސަނަލީ ސޭފްޓީ ކަންތައްތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭ . އަނެއްކާ ވަރަށް ބައިވަރު ރައްޓެހިން ބޭނުންވި ފަަތަން، އެހެންވީމާ އެމީހުންގެ ސޭފްޓީއަށްވެސް ބަލަންޖެހޭ، އެހެންވީމާ އެއްވެސް ކަހަލަ ކޮންޑިޝަނެއް ނެތް، އިވެންޓެއް ނޫން މީ ހަމަ ބެޓެއް، ސޭފްޓީ ފަސްޓް، އަހަރެން ކޮންމެ ގަޑިއިރަކު އެޓްލީސްޓް ޖެހޭ 500 އެމްއެލް ފެން ބޯން ކޮންމެ 2 ގަޑިއިރަކުން އޯއާރްއެސް ނޫނީ 100 ޕްލަސްއެއް ކަހަލަ އެއްޗެއް ބޯލަންޖެހޭ ނޫނީ ފްރުޓެއް ކާލަންޖެހޭ" ފިރާސް ކިޔާދިނެވެ. 

ފިރާސް ފަތަމުންދާ ސަރަހައްދު

މިފަދަ ތަފާތު ގޮތަކަށް އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރާއިރު، މިހާރުވެސް ސްވިމިނގް ކޯޗަކަށް މަސައްކަތްކުރާ ފިރާސް ބުނީ ސަރުކާރާއި، އާ މަޖިލީހަށް ރައްޔިތުން ހަވާލުކޮށްފައި މި ވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެކަން ހަނދާން ނައްތާނުލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

" މީގަ އަސްލު ބެކްގްރައުންޑްގަ އޮތީ ވަރަށް ބައިވަރު މީހުން ސެކްރިފައިސް ކޮށްގެން ރާއްޖެ މިހިސާބަށް އަނިޔާވެރިކަމާ ކޮރަޕްޝަނާ، ވާހަކައަކީ އެމްޑީޕީއަށް އެ ކާމިޔާބީއާ ހިސާބަށް އާދެވުނީ، ވަރަށް ބައިވަރު ޗެލެންޗަސްއާ ފޭސްކޮށްގެން މިހިސާބަށް ގެނެވުނީ، ރައްޔިތުން ތިއޮތީ ވަރަށް ބޮޑު އިތުބާރެކޭ ޒިންމާއެކޭ ހަވާލުކޮށްފަ 65 ގޮނޑިއަކީ، އެހެންވީމާ ވަރަށް އަވަހަށް ހަނދާން ނެތޭނެ ފުރިހަމަ އެކަހަލަ ބާރެއް ލިބުނީމާ އެކަމަކު އިރާދުކުރެއވިއްޔާ އެކަން ހަނދާން ނުނައްތާ ރައްޔިތުންނާ ދޭތެރޭ ހެއުކޮށް ހެއު ވެރިކަމެއް ކޮށްދޭށޭ" ފިރާސް ބުންޏެވެ. 

ފިރާސްގެ ފެތުމުގައި އޭނާގެ އެކުވެރިންވެސް ބައިވެރިވަމުންދާއިރު، އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ފެތުމަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ކަމަށާއި، ފެތުމުގައި ބައިވެރިވާން ބޭނުންވާ ކަމަށް އެޕާޓީގެ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެޕްރީލް 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށް، އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނު ފަހަރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Aisha

2 ހަފްތާކުރިން

Barulamaanee hayaathey tho

0
0