24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މަންޓާ އެއަރ

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

  • ކައިރި މުސްތަޣްބަލެއްގައި އިިތުރު މަންޒިލްތަކަށް ދަތުރު ފަށާނެ
ރިޒުނާ ޒަރީރު | RiznaZareer

| 11 އޭޕުރިލް 2019 | ބުރާސްފަތި 21:19 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މަންޓާ އެއަރގެ މަތިންދާ ބޯޓެއް -- ޓްވިޓަރ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ބައިވެރިއެއްގެ ގޮތުގައި އަލަށް ގުޅުނު މަންޓާ އެއަރއަކީ ތަފާތު އެއަރލައިނެއް ކަން ކަށަވަރުވީ އެއަރލައިނުން ދަތުރުކޮށްލުމުގެ ފުރުޞަތު ލިބުމުންނެވެ.

ބުރާސްފަތި ދުވަހު ދަރަންވަންދޫ އަލަށް ދަތުރުތައް ފެށި ފްލައިޓުން ދަރަވަންދޫއަށް ދިއުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ދިއުމުން، ކައުންޓަރުން މަރުހަބާ ކިއީ ހިނިތުންވެފައި ތިބި މަންޓާގެ ގްރައުންޑް މުވައްޒަފުންނެވެ. މެހެމާންދާރީއަށް ފުރަތަމަވެސް އޭ ޕްލަސްއެއް ދެވުނެވެ.

ދަރަވަންދޫއަކީ މަންޓާއިން ދެވަނައަށް ދަތުރު ފަށާ މަންޒިލަށްވާއިރު ފްލައިޓުން މަރުހަބާކީ ކެބިން ކުރޫއިންގެ މެހެމާންދާރީ ވަރަށްެވެސް ފުރިހަމައެވެ. ޖުމްލަ 52 މީހުންނާއި އެކު ދަރަވަންދޫއަށްދާން ފްލައިޓް ޝެޑިއުލް ކޮށްފައިވާ ގަޑިއަށް ފުރިއެވެ. މިއީ އަނެއް ހިތް ހަމަޖެހުން ގެނުވައިދިން ކަމެވެ. 25 މިނިޓްގެ މިދަތުރު މަތީގައި ފެނިގެންދިޔައީ އެހެން އެއަރލައިންތަކާއި ޚިލާފަށް އިންފްލައިޓް ޚިދުމަތުގެ ފުރިހަމަކަމެވެ. ފުރަތަމަވެސް ފްލައިޓުން ފަސިންޖަރުންނަށް ވެޓް ޓިޝޫ އަދި ކިޓްކެޓް ޗޮކްލެޓް ހަދިޔާ ކުރިއެވެ. އަދި އެއަށް ފަހު ފެހި އާފަލެއް ކޮންމެ ފަސިންޖަރަކަށްދީފައިވާއިރު، ފެހި އާފަލު ދިނުމަށް މަންޓާއިން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އެކުންފުނިން ބުންޏެވެ.

 

މަންޓާ އެއަރގެ މުވައްޒަފުންތަކެއް

އަދި ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފަހު އިތުރު ބަދަލުތަކެއް އަައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ޚިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އަބަދު ވެސް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާފަލަށް ފަހު ދެން ފަސިންޖަރުންނަށް ޖޫސްތައްޓެއް ދިނެވެ. މިއީ 25 މިނިޓްގެ ދަތުރެއްގައި އިންފްލައިޓް ސަރވިސް މިހާ ރަނގަޅު އެއް އެއަރލައިންކަން ފާހަގަކުރެވުނެއެވެ.

ފްލައިޓް އެތެރެއަށް ނަޒަރު ހިންގާލިއިރު ފްލައިޓްގެ ރީތިކަމާއި އައު ކަމަށް ބަލާއިރުވެސް، މިއީ މިޚިދުމަތުގައި މުޅިން އަލަށް ބޭނުންކުރާ ފްލައިޓެއް ކަން އެނގުނެވެ. މަންޓާއިން ވެސް ބުނެފައިވަނީ އެކުންފުނިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން ދަނީ މުޅިންވެސް އައު ފްލައިޓްތައް ކަމަށެވެ.

 

މަންޓާ އެއަރގެ ފްލައިޓެއް

އެހެން އެއަރ ކްރާފްޓްތަކާއި މަންޓާ އެއަރލައިންނާއި ހުރި އެންމެ ބޮޑު ތަފާތަކީ ފްލައިޓް އެތެރޭގެ ޑިޒައިންގެ ސަބަބުން ޖާގަ ތަނަވަސްވެފައި ހިތްހަމަޖެހުން ގެނުވައިދިނުމުންނެވެ. އިށީންނަ ގޮނޑިއަކީވެސް ގިނަ ވަގުުުތު އިށީދެގެން އިންނަން ވެސް އަރާމް ހިތްފަސޭހަ ތަނަވަސް ގޮނޑިއެކެވެ.

މިފްލައިޓްތަކުގައި ސްފެއަރ ކްލާސްގެ ޚިދުމަތްލިބޭއިރު މިއީ ވަކިން އަރާމް ޖާގަ ތަނަވަސް ގޮނޑިތަކަކާއި އެކު ފަރުމާ ކޮށްފައިވާ ކްލާސްއެކެވެ. ސްފެއަރ ކްލާސްގެ ޚިދުމަތަށް ބަލާއިރު ސްފެއަރ މެނޫގައި ހިމެނޭ ކޮންމެ ބުއިމަކަށް ވެސް އޯޑަރު ކޮށްލެވެއެވެ. އަދި އެހެން އިތުރު ޚިދުމަތްތައް ވެސް ލިބިގެންދާއިރު މިކްލާސްގެ ގޮނޑީގެ ޖާގަ ބޮޑުވެފައި، ތަނަވަހެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ އެއަރލައިންތަކާއި ޚިލާފަށް އިންފްލައިޓް ޚިދުމަތާއި، ޖާގައިގެ ގޮތުން ބެލިއަސް ތަނަވަސް އެއަރލައިންެއެކެވެ.

މިފްލައިޓްގައި ދަތުރު ކޮށްލުމުގެ ފުރުޞަތަކަށް އެދި އެދި ތިބި ފަރާތްތަކަށް މިމަހުގެ 18ގެ ނިޔަލަށް ދަރަވަންދޫއަށް ކޮޅަކަށް 499ރ. އަށް ދަތުރު ކޮށްލެވޭނެއެވެ. އަދި އޭޕްރިލް 19ގެ ފަހުން ދުރާލާ ބުކިން ހައްދަވާ ފަރާތްތަކަށް އަގު ހެޔޮކޮށް ޓިކެޓް ލިބިގެންދާނެ ކަމަށް ވެސް މަންޓާއިން ބުންޏެވެ.

ރާއްޖޭގެ ދެ މަންޒިލަކަށް ދަތުރުތައް ފަށާފައިވާއިރު ކައިރި މުސްތަޤްބަލެއްގައި އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަންޓާއިން ދަނީ ތައްޔާރުވަމުންނެވެ.

 

އިތރު މަންޒިލްތަކަށް ވަރަށް އަވަހަށް ދަތުރު ފަށާނެ

މަންޓާ އެެއަރގެ ދަތުރުތަކާއިއެކު، މިއަދު ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޓް އިތުރުވެ ދަތުރުކުރާ މީހުންނަށްވެސް ފަސޭހަ ކަމާއި އެކު ދަތުރުކުރުމުގެ އިތުރު ފުުރުޞަތުތައް މިކަމުން ހުޅުވިގެންދާނެއެވެ.

އަދި މަންޓާގެ ޙިދުމަތުގެ ފެންވަރު ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރައިގެންދާނެ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.

ދަތުރުތަކުގައި މަންޓާ އެއަރއަކީ ހިތްފަސޭހަ އެއަރލައިންއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސިމާ

2 ހަފްތާކުރިން

!މަތިންދާބޯޓުގެ އެތެރޭގެ ފޮޓޯ ހިމަނާލިނަމަ ފުރިހަމަވީސް

2
0
Dharavandhoo

2 ހަފްތާކުރިން

Flyme ves feshieru varah Kanthathah oi mehaaru koba? Hama Manta a ves vanee ehen

1
0