22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ބޭންކް އޮފް މޯލްޑިވްސް

2018 ވަނަ އަހަރު ބީއެމްއެލް ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރައިފި

  •  ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވެފައިވޭ
  • ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 11 އޭޕުރިލް 2019 | ބުރާސްފަތި 20:48 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް

2018 އަހަރު ވެފައިވަނީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ކަމަށާއި ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

 

ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޝާޢިއުކޮށްފައިވާއިރު، މި ކާމިޔާބު ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދި އަދި ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާ ގުޅިގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

 

ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށާއި މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށް ވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެއް ކަމަށާއި ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނަ އަހަރު 1 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

 

އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %4.1 އިން %3.5 އަށް ދަށްކުރެވިފައިވާ ކަމަށާއި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ބޭންކުގެ މާލީ ނަތީޖާ އަށް ބަލައި ބޭންކުގެ ބޯޑުން ވަނީ 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައެވެ.  

     

 2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 4 އައު ބްރާންޗާއި 5 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތް ވެސް ތާރަފް ކޮށްފައެވެ. މީގެ އިތުރުން ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 230 އިން 277 އަށް އިތުރު ކޮށްފަައެވެ.

 

 ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށާއި ބޭންކުގެ  އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން ކަމަށެެވެ.

 

"މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ބޭންކުގެ ޚިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ޚިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން."އައިޝަތު ނޫރައްދީން ވިދާޅުވިއެވެ. 

ބޭންކުގެ ސްޓްރެޖީއަށް އަލިއަޅުވާލަމުން އައިޝަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ބޭންކުންވަނީ 5 އަހަރުގެ ޕްލޭނެއް ތައްޔާރުކޮށް ބޭންކުގެ އޮނިގަނޑާއި، ޓެކްނޮލޮޖީގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކުރާ އިންވެސްޓްމަންޓް ތަކަށް މުހިންމު ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ފައްްޓާފައި ކަމަށާއި 2018 ވަނަ އަހަރު ވަނީ މި ޕްލޭން ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައި ކަމަށެވެ.  

"2018 ވަނަ އަހަރު އަޅުގަނޑުމެންގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދޭ 'ބީއެމްއެލް އިސްލާމިކް' ވަނީ ހަލުވިކަމާ އެކު ކުރިއެރުންތަކެއް ހޯދާފަ. ޑިޕޮސިޓް ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފައިނޭންސިންގ ޕްރޮޑަކްޓްތައް ވެސް ވަނީ މިއަހަރު ތައާރަފްކުރެވިފަ. އަލުގަނޑުމެން މިދަނީ ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފް ކުރަމުން."ބީއެމްއެލް އިސްލާމިކް އާއި ގުޅޭގޮތުން އައިޝަތު ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް