22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އިންޓަރ ސްކޫލް ހޭންޑްބޯލް

އިންޓަރ ސްކޫލް ހޭންޑްބޯލް: 14 އަދި 16 އަހަރުން ދަށުގެ މެޗުތައް ފަށައިފި

  • ޖަމާލުއްދިން މެޗު ކާމިޔާބުކުރީ މަޖީދިއްޔާއާއި ވާދަކޮށް 03-12
  • ކ. އަތޮޅު ސްކޫލް މެޗު ކާމިޔާބުކުރީ ރެހެންދި ސްކޫލާއި ވާދަކޮށް 05-08
  • އިސްކަންދަރު ސްކޫލްއާއި ރެހެންދި ސްކޫލު ވާދަކުރި މެޗު ނިމުނީ 03-03 ގެ ނަތީޖާއަކުން
މިއުނާ ހަސަން | @miuna_hassan

| 11 އޭޕުރިލް 2019 | ބުރާސްފަތި 19:14 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިން -- ހޭންޑްބޯލް އެސޯސިއޭޝަން

ފަސްވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ މެޗުތައް ބުރާސްފަތި ދުވަހު ފަށައިފިއެވެ. 

ބުރާސްފަތި ދުވަހު ކުޅުނު 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލް ވާދަ ކުރިއިރު، 03-12 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލުންނެވެ. 

މި މެޗުގައި ޖަމާލުއްދީން ސްކޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދިން ސްކޫލްގެ މުހައްމަދު ޔަޝްމް އަހްމަދުއެވެ. 

މުބާރާތުގެ ފިރިހެންބައިގެ ދެވަނަ މެޗުގައި ކ. އަތޮޅު ސްކޫލާއި ރެހެންދި ސްކޫލް ވާދަކުރި އިރު، މި މެޗު 05-08 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކ.އަތޮޅު ސްކޫލްއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކ. އަތޮޅު ސްކޫލްގެ ހަސަން އަމީން އާރިފްއެވެ. 

ފަސްވަނަ ހޭންޑްބޯލް މުބާރާތުގެ 14 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި އިސްކަންދަރު ސްކޫލްއާއި ރެހެންދި ސްކޫލް ވާދަކުރިއިރު، މެޗު ނިމުނީ 03-03 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެމޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލްއަށް މޮޅު ކުޅުމެއް ކުޅެދީފައިވާ ޒަހާ މޫސާ ހާޝިމްއެވެ. 

މި މުބާރާތުގެ 12 އަހަރުން ދަށުގެ މެޗުތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ކުޅެ ނިމިފައިވާއިރު، 12 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް