22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ދިވެހި ކްރިކެޓް

ސީނިއާ ކްރިކެޓަރުންގެ ޓީމް ފުވައްމުލަކަށް ފުރައިފި

  • ސީނިއާ ކްރިކެޓަރުންގެ ޓީމް ފުވައްމުލަކަށް ދިޔައީ މެޗުތަކެއް ކުޅުމަށް
  • މެޗު ތަކުގެ ބޭނުމަކީ ކްރިކެޓުގެ ފޯރި ގަދަކޮށް، ފުވައްމުލަކުގެ ކްރިކެޓަރުންނަށް ހިތްވަރު ދިނުން
މިއުނާ ހަސަން | @miuna_hassan

| 11 އޭޕުރިލް 2019 | ބުރާސްފަތި 17:18 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސީނިއާ ކްރިކެޓަރުންގެ ޓީމް -- ފޮޓޯ: މިއުނާ ހަސަން

ކްރިކެޓް މެޗްތަކެއް ކުޅުމަށްޓަކައި ސީނިއާ ކްރިކެޓަރުންގެ ޓީމެއް ފުވައްމުލަކަށް ފުރައިފިއެވެ. 

ފުވައްމުލަކުގައި ކްރިކެޓް ތަރައްގީކޮށް، ކްރިކެޓް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކަކީ ކްރިކެޓް ބޯޑާއި ސީނިއާ ކްރިކެޓަރުން އިސްނަގައިގެން އިންތިޒާމް ކުރެވުނު މެޗު ތަކެކެވެ. 

ސީނިއާ ކްރިކެޓަރުންގެ މަންދޫބު އަދި ކްރިކެޓް ބޯޑުގެ މެމްބަރު އިމާދް އިސްމާއިލް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ، މީގެ ކުރިންވެސް މިފަދަ މެޗުތަކެއް ފުވައްމުލަކުގައި ކުޅެވިފައިވާ ކަމަށާއި، ކުރީގެ ތަޖުރިބާއަށް ބަލާއިރު މިފަހަރުގެ މެޗްތަކުން ވެސް ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ. 

އިމާދް އިތުރަށް ބުނީ މިފަހަރުގެ ދަތުރުގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ މެޗުގައި ފުވައްމުލަކުގެ ޓީމަކާއި ސީނިއާ ކްރިކެޓް ޓީމް ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ މާލެއިން ފުވައްމުލަކަށް ދަތުރުކުރާ ޓީމް ދެ ޓީމަކަށް ބަހާލައިގެން ކަމަށެވެ. 

ސީނިއާ ކްރިކެޓަރުންގެ މަންދޫބު އިމާދް އިސމާއިލް ބުނީ 2011 ވަނަ އަހަރުގައި ފުވައްމުލަކުގައި ކްރިކެޓް ކުޅެން ފަށާފައިވާ ކަމަށާއި، ފުވައްމުލަކުގެ ހަތަރު ކުޅުންތެރިއަކު މިހާރުވެސް 19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމުގައި ހިމެނޭ ކަމަށެވެ. 

ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއަރުވައި، ކްރިކެޓްގެ ފޯރިގަދަ ކުރުމަށް ޔޫތު މިނިސްޓްރީއާއި ކްރިކެޓް ބޯޑް ގުޅިގެން މި އަހަރުގެ މިހާތަނަށް ގިނަ މަސައްކަތް ތަކެއް ކޮށްފާވާއިރު، "މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް"ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ފެބްރުއަަރީ މަސްތެރޭގައި ކްރިކެޓް މެޗުތަކެއް ވަނީ ކުޅެފައެވެ. މީގެ އިތުރުން ވެސް ކްރިކެޓް ސްޓޭޑިއަމްއެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް