22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ހަމޭސް ރޮޑްރިގޭޒް

ހަމޭސް ހޯދުމަށް ނަޕޯލީން މަސައްކަތް ކުރަނީ

  • ހަމޭސްގެ ލޯން އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 11 އޭޕުރިލް 2019 | ބުރާސްފަތި 16:10 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ހަމޭސް ރޮޑްރިގޭޒް -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ވިންގާ ހަމޭސް ރޮޑްރިގޭޒް ހޯދުމަށް ނަޕޯލީން މަސައްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހަމޭސް ހޯދުމަށް ނަޕޯލީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ކްލަބުން އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ހަމޭސް ބަޔާންއަށް ދޫކޮށްފައިވާއިރު، އެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެއެވެ. އެގޮތުން ގިނަ ކްލަބްތަކުން އަންނަނީ ހަމޭސްއަށް ފާރަލަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމޭސްގެ އެއްބަސްވުން އާކުރަން ބަޔާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމޭސްގެ އެއްބަސްވުން ދާއިމީ ކުރަމުން ބޭނުންވާނަމަ ބަޔާނުން ރެއާލް އަށް 42 މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

ބަޔާން އަށް ކުޅުނު 64 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 69 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް