22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

މަންޓާ އެއަރ

މަންޓާ އެއަރއިން ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

  • އޭޕްރިލް 18ގެ ނިޔަލަށް 499ރ. އަށް ޓިކެޓް ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 11 އޭޕުރިލް 2019 | ބުރާސްފަތި 15:48 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


މަންޓާ އެއަރއިން ދަރަވަންދޫއަށް ދަތުރުފެށުން -- މަންޓާ އެއާ

މަންޓާ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ބުރާސްފަތި ދުވަހު ބ. ދަރަވަންދޫއަށް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރު ދަރަވަންދޫއަށް ބޭއްވި ފުރަތަމަ ފްލައިޓަށް ފަހު ދަރަވަންދޫ އެއަރޕޯޓުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން ދަރަވަންދޫއަށް ބޭއްވި ފުރަތަމަ ފްލައިޓްގެ ކެޕްޓަނުންނާއި ކުރޫއިން އަދި މަންޓާ އެއަރގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަންޓާ އެއާރގެ ދަތުރުތައް ދަރަވަންދޫ އަށް ފަށާފައިވާއިރު އެ ކުންފުނިން ވަނީ މި މަންޒިލަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ބޮޑު މީހަކަށް ކޮޅަކަށް 499 ރުފިޔާއެވެ. އަދި ކުޑަކުއްޖަކަށް ކޮޅަކަށް 249 ރުފިޔާއެވެ.

އެޑްވާންސްކޮށް ޓިކެޓް ނަންގަވާ ފަރާތްތަކަށް 549 ރުފިޔާއިން ފެށިގެން ޓިކެޓް ގަންނަން ލިބޭނެއެވެ. ފުރަތަމަ ދުވާލަކު ދެ ފްލައިޓް ދަތުރު ކުރަން ހަމަޖެހިފައިވާއިރު، ކުރިޔަށް އޮތްތާގައި ތިން ފްލައިޓް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަންޓާއިން މައުލޫމާތުދެއެވެ. މަންޓާގެ ޓިކެޓްތައް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

މަންޓާ އެއަރގެ ސީއެމްއޯ އަހުމަދު މައުމޫނު ވިދާޅުވީ، ދަރަވަންދޫ އަށް ދަތުރު ފެށުމުގެ ސަބަބުން އެސަރަހައްދަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެ އެއާލައިނުން ދޭ ހިދުމަތަކީ އެންމެ ރަނގަޅު އަދި ކަސްޓަމަރުން ހިތްހަމަ ޖެހޭ ފެންވަރުގެ ހިދުމަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް މައުމޫނު ވިދާޅުވިއެވެ.

މަންޓާ އިން ވަނީ މިހާތަނަށް ތިން ފްލައިޓެއް ރާއްޖެ ގެނެސްފައެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ދ. ކުޑަހުވަދޫ އަށެވެ. މަންތާގެ ދަތުރުތައް ތ. ތިމަރަފުއްޓަށް ކުރަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް މުސްތަޤްބަލުގައި މަންތާ ސީޕްލޭން ދަތުރުތައް މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަންތާގެ އިތުރުން ގައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީ ހަރަކާތްތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

1 ހަފްތާކުރިން

އެވަރަށް ބުނީމަވެސް މަންތާ ގެ ނަން އިސްލާހުނުކުނެވުނު، ހަސަދައިގެ ހައްދު!

0
0