24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރައީސް ސާލިހު

ރައީސް ސާލިހު އިންތިޚާބުތަކަށް ފަރިތަ!

  • މަޖިލީސް އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑި ހޯދިއިރު މިއީ ރާއްޖޭގެ ރެކޯޑެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 11 އޭޕުރިލް 2019 | ބުރާސްފަތި 11:24 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އެމްޑީޕީން މަޖިލީހުގެ އިންތިޚާބު ފެށުމުގެ ޖަލްސާގައި ރައީސް ސާލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

"ރައްޔިތުން ތިބީ ރައީސް ޔާމީނަށް ދޫދޭކަށް ނޫން. ވަރަށް ސާފުކޮށް ގޮތް ނިންމައިގެން. އިތުބާރު އޮތީ ރައްޔިތުންނަށް. އިރާދަކުރެއްވިއްޔާ މަންޒަރު ވަރަށް ސާފު. އިންތިޚާބުގައި ހީނުކުރާ ވަރުގެ ބޮޑު ތަފާތެއް ފެންނާނެ،"

މިއީ 2018ގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ އެއް ދުވަސްކުރިން މިހާރު އޮންލައިންގައި ޝާއިއުކޮށްފައިވާ އިންޓަވިއުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި އޭރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.

އިންތިޚާބުތަކުގައި އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވަނީ ރައްޔިތުންނަށެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޖައްސަވާފާނެ ދަންތުރަތަކަށް ވިސްނެވުމަށް ވުރެ އެ މަނިކުފާނު ރައްޔިތުންނަށް ކުރައްވާ އިތުބާރު ބޮޑެވެ. ރައީސް މައުމޫނުގެ ގަދަ ތިރީސް އަހަރުގައި އެ ސަރުކާރާއި އިދިކީލި ވިސްނުމުގެ ބޭފުޅެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން ފާދިއްޕޮޅު ތަމްސީލް ކުރެއްވުން އެކަމުގެ ހެއްކަކަށް ފުދެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައި ދެވަނަ ދައުރަކަށް ފާދިއްޕޮޅަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވީ އޭރުގެ ސަރުކާރާ ގުޅިފައިވާ ބޭފުޅުންނާ ވެސް ވާދަކުރައްވައިގެންނެވެ.

އައު ގާނޫނު އަސާސީ އަށް ފަހު މަޖިލީހުގެ ދާއިރާތައް އަލުން ބެހިގެން ދިއުމާ އެކު ރައީސް ސާލިހް ދެން ތަމްސީލް ކުރެއްވީ އެ މަނިކުފާނު އުފަންރަށް ހިމެނޭ ހިންނަވަރު ދާއިރާއެވެ. މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ އުފެއްދުމަށް ފުރަތަމަ ސޮއި ކުރެއްވި 42 މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ރައީސް ސާލިހަށް އެ ޕާޓީގެ ތެރޭގައި ވެސް އޮތީ ވަރުގަދަ އިތުބާރެކެވެ. ޕްރައިމަރީގައި އެމަނިކުފާނާ އިތުރު ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު 2009 ގައި ބޭއްވި މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވިއިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2014ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ރައީސް ސާލިހު ކާމިޔާބު ކުރެއްވީ އިތުބާރާއެެކުވެ.

ބަރުލަމާނީ ހަޔާތުގެ ކާމިޔާބީތަކާ އެކު ހުންނެވި ރައީސް ސާލިހަށް 2018ގައި ޖެހިވަޑައިގަތީ މުޅިން ތަފާތު މަސައްކަތަކަށް ނުކުންނަވާށެވެ. ރައީސް ޔާމީންގެ ވެރިކަން ހައްދުން ނެއްްޓި ޚުދުމުޚުތާރުކަން އަށަގެންފައިވާލެއް ބޮޑުކަމުން ދިމާވި ހާލަތްތަކާ އެކު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަންނަަވަން ޖެހިވަޑައިގަތީއެވެ. 2018 ޖޫން 30 ވަނަ ދުވަހު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސްގައި އެ މަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅުމަށް 791 ކޮންގްރެސްމަނުން ވޯޓް ދެއްވިއެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެކަަން ވެސް ބެލެވިގެންދަނީ ރައީސް ސާލިހުގެ އިންތިޚާބީ ކާމިޔާބީގެ ލިސްޓަށް އިތުުރުވެގެންދާ އިންތިޚާބެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާ އެކު ގުޅިފައިވާ އިއްތިހާދެއްގެ ތެރެއިން ރައީސް ސާލިހު ރިޔާސީ ރޭހަށް ނުކުންނެވީ ސިޔާސީ ވާދަވެރިންގެ ވެސް ތާއީދާއެކުވެ. އެއް ކެންޑިޑޭޓެއް ނެރުމުގެ ބަހުސް ހޫނުވެގެން ދިޔައިރު އެމްޑީޕީ ފިޔަވައި ދެންހުރި ޕާޓީތަކަށް އެއްގަލަކަށް އެރޭ ބޭފުޅަކަށް ވެގެން ދިޔައީ ވެސް ރައީސް ސާލިހެވެ.

މުޅި ދައުލަތް މުށުތެރޭ ލައްވައިގެން، ހުރި ނަމަ ހުރި ވަސީލަތެއް ބޭނުކުންކުރައްވައިގެން ކެމްޕެއިން ކުރައްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން އިންތިޚާބުން ބަލި ނުވާނެ ކަމަށާއި އިންތިޚާބު އޮޅުވާލަފާނެ ކަމުގެ ވާހަކަތައް ފެތުރެމުން ދިޔަ ނަމަވެސް ރައީސް ސާލިހުގެ ޖަވާބަކަށް ވަނީ ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށެވެ. އެމަނިކުފާނުގެ މޮޅު ކަމެއް، އަރިހުގައި ތިއްބެވި ބޭފުޅުންގެ މޮޅު އުކުޅެއް ނުވަތަ ބޭރުގެ ފިއްތުމެއްގެ ތެރެއިން ކާމިޔާބު ހޯއްދެވުމުގެ ވާހަކަ އަށް ވުރެ ބޮޑަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ދިވެހިން ދިވެހިންގެ ގޮތް ނިންމައި ރައީސް ޔާމީނު ވެރިކަމުން ދުރުކުރާނެ ކަމަށެވެ. ސިޔާސީ ބޮޑުންނާއި ކަރަތަކަށް ވުރެ ބޮޑަށް އިތުބާރު ކުރެއްވީ ދިވެހި ރައްޔިތުންނަށެވެ.

އެ ވިސްނުންފުޅާ އެކު ރިޔާސީ އިންތިޚާބު ވެސް ވެގެން ދިޔައީ ރައީސް ސާލިހުގެ އިންތިޚާބީ ކާމިޔާބީގެ ސިލްސިލާ އަށް އިތުރުވި ބޮޅަކަށެވެ. އަދި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރު ކުރެވިފައިވަނިކޮށް އެމަނިކުފާނު ލީޑުކުރައްވައި އެމްޑީޕީ އަށް ވެސް ހޯއްދަވައި ދެއްވުނު ކާމިޔާބީއަކަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެއް ދުވަހަށް ވީ އިރު، އދ. މަހިބަދޫގައި އުޅުއްވުމަށް ފަހު ހަމަ އެ ދުވަހު، އުފަން ރަށް ޅ. ހިންނަވަރަށް ރައީސް ޞާލިހު ވަޑައިގަތެވެ. އެއަށް ފަހު، އެމަނިކުފާނު ކެމްޕެއިން ނިންމާލެއްވީ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ބޭއްވި ހިނގާލުމުންނެވެ. ރައީސް މުހައްމަދު ނަޝީދާ އެކު އަދި ވަކިން ވެސް އެތައް ރަށަކަށް ވަޑައިގެން އެމަނިކުފާނު ކުރެއްވި ކެމްޕެއިން މި ފަހަރު ވެސް ރީނދޫ ލަޝްކަރަށް ވެފައި ވަނީ ބޮޑު ކާމިޔާބަކަށެވެ. އެމްޑީޕީގެ ހަޔާތުގައި އެ ޕާޓީ ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދާފައިއެ ވަނީ އެމަނިކުފާނުގެ އިސް ދައުރަކާއި ބުރަ މަސައްކަތުގެ ތެރެއިންނެވެ. އެމަނިކުފާނު ރައްޔިތުންނަށް ކުރައްވާ އިތުބާރެއްގެ ސަބަބުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Yoosuf

2 ހަފްތާކުރިން

Kalhu faisaa yahoodhee qaumuthakun elhivarakah molhuvaane.

1
0
beybe

2 ހަފްތާކުރިން

verikamuge Barry nahamagothugai beynunkogrnq miyavvure bodah inthikhaabah nufoozu foaruvi evves veriaku dhivehi thaareekhu dhekifaennuvey

0
0