22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ޕެސެންޖަރ ޗެކިން ކައުންޓަރުތަކެއް ހުޅުވައިފި

  • މި ކައުންޓަރުތަކުން އިތުރު 400 ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 10 އޭޕުރިލް 2019 | ބުދަ 17:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ޕެސެންޖަރ ޗެކިން ކައުންޓަރުތައް -- ރާއްޖެއެމްވީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ޕެސެންޖަރ ޗެކިން ކައުންޓަރުތަކެއް ހުޅުވައިފިއެވެ.

ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ޗެކިން ކައުންޓަރުތައް ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އަލަށް ހުޅުވިގެންދިޔަ ޕެސެންޖަރ ޗެކިން ކައުންޓަރުތަކުން ޚިދުމަތްތައް ލިބިގެންދިއުމަކީ ފަތުރުވެރިން އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

 

ރާއްޖެ އަންނަ ފަތުރުވެރިންގެ ހުވަފެނީ މަންޒިލްގެ ފެށުމަކީ ވެސް އަދި ނިމުމަކީ ވެސް މި ކައުންޓަރުތަކުން ދޭ ޚިދުމަތުން ކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިން އެނބުރި އަނެއްކާ ވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސާލިޙް ވިދާޅުވީ އަލަށް ހެދި ޗެކިން ކައުންޓަރުތަކަކީ، އިންޓަރނޭޝަނަލް ޓާރމިނަލްގައި މިހާރު ހުރި ޗެކިން ކައުންޓަރުތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ފަސްހާހާ ގާތްކުރާ އަދަދަކަށް ފަސިޖަރުންނަށް ޚިދުމަތް ދެވޭ ކަމަށާއި ޕީކް ގަޑިތަކެއް އަންނައިރު އަލަށް މިހުޅުވި ކައުންޓަރުތަކުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މޫސާ ސާލިޙް ވިދާޅުވީ ޕީކް ގަޑިތަކުގައި މިހާރު ހުރި 28 ކައުންޓަރުން ހަތްވަރަކަށް އެއަރކްރާފްޓް ހެންޑްލް ކުރާ ކަމަށެވެ. އަދި އަލަށް ހުޅުވި 14 ކައުންޓަރުން ޙިދުމަތްދޭނީ 150 މީހުންގެ ޖާގައިގެ ފްލައިޓްތަކަށް ކަމަށާއި އަދި ކުރިން ބޭނުން ކުރަމުން އައި ކައުންޓަރު ތަކަކީ ބޮޑެތި އެއަރ ކްރާފްޓްތަކަށް މިހާރު ޚިދުމަތްދޭން ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެހެންކަމުން ކުރިން ދުވާލަކަށް 1500 ފަސިންޖަރުންނަށް ޚިދުމަތް ދެމުންގެންދާއިރު އަލަށް ހުޅުވި ޗެކިން ކައުންޓަރުތަކާއި އެކު ޖުމްލަ 1900 އެއްހާ ފަސިންޖަރުންނަށް އެވްރެޖްކޮށް ޚިދުމަތްދެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރައްވައި، ޤައުމުގެ ތަރައްޤީއަށް މިވަގުތު ހިންގަވާ އެންމެ މުހިއްމު މަޝްރޫޢެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޚަރަދު ކޮށްގެނ ްހިންގާ މި މަޝްރޫޢުގެ ދަށުން އައު ރަންވޭ ހުޅުވި ޙިދުމަތް ލިބެން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދަނީ 3200 މީޓަރު ދިގު، 45 މީޓަރުގެ ފުޅާ ރަންވޭއެކެވެ. ނަމަވެސް އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓްކަމަށްވާ އޭ ތްރީ އެއިޓީގެ ބޯޓް ފަހަރަށް ވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ފަދަ ތަނަވަސް ރަންވޭއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް