22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް

އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް: 12 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަން ވެސް ޖަމާލުއްދީން ހޯދައިފި

  • މިއީ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދި ތިންވަނަ ފަހަރު
ލީވާން އަލީ | MrLeevaan

| 10 އޭޕުރިލް 2019 | ބުދަ 16:44 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


12 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަން ހޯދި ޖަމާލުއްދީން ސްކޫލް -- ފޭސްބުކް

ފަސްވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ޖަމާލުއްދީނުން ވަނީ ފައިނަލުގައި ގިޔާސުއްދީން ސްކޫލާ ވާދަކޮށް ފަސޭހަކަމާއެކު 4-14 އިން ކުރިހޯދާފައެވެ. އަދި މިއީ އެޓީމުން ފިރިހެން ބައިގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ޖަމާލުއްދީނުން ވަނީ ފައިނަލުގައި ޣާޒީ ސްކޫލާ ވާދަކޮށް 4-9 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 78 ޓީމެއް ބައިވެރިވެފައިވާއިރު، އެންމެ ފުރަތަމަ ކުރިއަށް ދިޔައީ 12 އަހަރުން ދަށުގެ ކުޅުމެވެ.

ދެން މުބާރާތުގައި ކުރިއަށްދާނީ، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުމެވެ. އެގޮތުން ބުރާސްފަތި ދުވަހު މި ދެ އުމުރުފުރާގެ ކުޅުން ވެސް ފެށޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް