22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ކިރަން ޓީސީގައި މަޑުކުރަން ނިންމުން

ޓީސީގައި މަޑުކުރަން ކިރަން ނިންމައިފި

  • ކިރަން މަޑުކުރަން ނިންމީ އިތުރު އެއް އަހަރަށް
ލީވާން އަލީ | MrLeevaan

| 10 އޭޕުރިލް 2019 | ބުދަ 16:10 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޓީސީގެ ކީޕަރ ކިރަން -- ފޭސްބުކް

ކުރިޔަށް އޮތް ސީޒަނުގައި ވެސް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ނޭޕާލް ގައުމީ ޓީމުގެ ކީޕަރ ކިރަން ޝެމްޝޮން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓީސީގެ އޮފިޝަލަކު ވިދާޅުވީ، ކުރިޔަށް އޮތް ސީޒަނުގައި ވެސް ކިރަން ފެންނާނީ ޓީސީން ކަމަށާއި، އޭނާގެ އެއްބަސްވުން އެއް އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ކިރަން ފުރަތަމަ ޓީސީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އެ ޓީމުން އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދައްކައިފައެވެ.

އުމުރުން 29 އަހަރުގެ ކިރަން މިދިޔަ ސީޒަނުގެ ފުރަތަމަ ކޮޅު ކުޅުނީ އިންޑިއާގެ އައި ލީގުގެ މިނެރްވާ ޕަންޖާބަށެވެ. އެ ޓީމާ އެކު އޭނާ ވަނީ އިންޑިއާގެ އައި ލީގު ކާމިޔާބު ކޮށްފަ އެވެ. ކިރަން ޓީސީ އަށް ބަދަލުވީ ޖޫން މަހުގެ ޓްރާންސްފާގަ އެވެ.

ނޭޕާލު ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ކިރަންއަކީ ފާއިތުވި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ އިތުރުން ނޭޕާލް ކުޅުނު އެހެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ.

ކިރަން ވަނީ ނޭޕާލްގެ ތުރީ ސްޓާ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ބްރިޓިޝް ގުރްކާ ކަޕާއި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމާފައެވެ. އެގޮތުން މި ސީޒަނަކީ ބިދޭސީ ގޯލްކީޕަރުން ލައިގެން ކުޅެވޭނެ ފަހު އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް