22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އުރީދޫ މަސްރޭސް 10

އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ލޯންޗުކޮށްފި

  • އެއް ވަނައަށް 50،000ރ.
  • އެންމެ ގިނަ މަސްބާނާ ފަރާތަކަށް 5000 ރުފިޔާ
ލައިޝާ އަހްމަދު | LailaAhmeds

| 10 އޭޕުރިލް 2019 | ބުދަ 14:39 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އުރީދޫ ހެޑް އޮފީސް -- ފޮޓޯ: މުހައްމަދު ޝަރުހާން

އުރީދޫ އިން ކޮންމެ ރަމަޟާން މަހެއްގައި ވެސް ކުރިއަށްގެންދާ " އުރީދޫ މަސްރޭސް" ގެ 10 ވަނަ ސީޒަން ލޯންޗުކޮށްފިއެވެ. 

ބުދަ ދުވަހު އުރީދޫއިން ބޭއްވި ރަސްމިއްޔާތެއްގައި މި ރޭސް ލޯންޗުކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ، މި މުބާރަތް މެދުވެރިކޮށް ރާއްޖޭގެ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ފަހަރުގެ ސީޒަން އިތުރަށް ފޯރިގަދަ ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިމެނިފައިވާނެ ކަމަށެވެ. 

"ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފައި، މި މުބާރަތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ޚާއްސަ އުފަލެއް. އަދި މަސްރޭހާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު، އަޅުގަނޑުމެންގެ އުއްމީދަކީ އަދި މަސައްކަތް ކުރަމުން މިދަނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި، ބެލުންތެރިންނަށް ވެސް ހަނދާނުން ފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެން ދިއުން،" ނިޔާޒް ވިދާޅުވިއެވެ. 

ޒުވާނުންގެ އިތުރުން މި ފަހަރުގެ ސީޒަންގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަންހެން ޓީމްތަކަށް ޚާއްސަ ބުރެއް ވެސް މިފަހަރު ބޭއްވިގެންދާނެ ކަމަށް އުރީ ދޫއިން މައުލޫމާތުދެއެވެ. އަދި ކުރިއެކޭ އެއްގޮތަށް މި ޓީމްތަކުން ވެސް ކާމިޔާބުވެއްޖެ ނަމަ ގްރޭންޑް ފިނާލޭގައި ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު 11 އޭޕްރީލް 2019 ގައި ހުޅުވާލާއިރު، 4 އަންހެން ޓީމާއެކު، ޖުމުލަ 16 ޓީމް މި މުބާރާތުގައި ވާދަކުރާނެ ކަމަށާއި، އޭގެ އިތުރަށް ޓީމް ތަކުން ބައިވެރިވާން ކުރިމަތިލައިފިނަމަ ގުރުއަތަކަށް ފަހު ބައިވެރި ވުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. 

މި ފަހަރުގެ މަސްރޭހުން އެއްވަނަ ހޯދާ ޓީމަކަށް 50،000ރ. ލިބޭއިރު، އެންމެ ގިނަ މަސް ބާނާ ފަރާތަކަށް 5000ރ. އަދި އެންމެ ބަރު މަހެއް ބާނާ ފަރާތާއި، އެއްވަނަ އަންހެން ކެޔޮޅަށްވެސް 5000ރ. ލިބޭނެ ކަމަށް އުރޫދޫއިން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް