22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ހެރީ ކޭން

ކޭންއަށް ލިބުނު އަނިޔާއާ އެކު ސީޒަނުގެ ބާކީބައި ނުކުޅެވުން ގާތް: ޕޮޗެޓީނޯ

  • ކޭންއަށް އަނިޔާވީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި
ލީވާން އަލީ | MrLeevaan

| 10 އޭޕުރިލް 2019 | ބުދަ 14:18 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ހެރީ ކޭން -- ގޯލް.ކޮމް

ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބުނު އަނިޔާއާ އެކު މި ސީޒަނުގެ ބާކީބައި ނުކުޅެވުން ގާތް ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ކޭން އަށް އަނިޔާވީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ސިޓީ އަތުން 0-1 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި މެޗުގައެވެ. އެގޮތުން އޭނާ ވަނީ 55 ވަނަ މިނެޓުގައި ބަދަލުވެސްކޮށްފައެވެ.

ޕޮޗެޓީނޯ ބުނީ، ކޭން އަށް އަނިޔާވުމުން ވަރަށް ދެރަވާ ކަމަށާއި، އޭނާއަށް ލިބުނު އަނިޔާއާ އެކު ސީޒަނުގެ ބާކީބައި ނުކުޅެވުން ވެސް ގާތް ކަމަށެވެ. އަދި އެއީ ލިބޭ ބޮޑު ގެއްލުމެއް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ކޭންއަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ، މެޗުތަކެއް ވެސް ގެއްލިފައެވެ. އެފަހަރު އޭނާ ވަނީ ހަ ހަފްތާވަންދެން ކުޅުމާ ދުރުގައި މަޑުކޮށްފައެވެ.

މިފަހަރު ކޭންއަށް ލިބުނު އަނިޔާއާ އެކު އޭނާއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގެ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބާކީ ކުޅެން ހަމަޖެހިފައިވާ ހަ މެޗުގައި ވެސް ނުކުޅެވުމަކީ ގާތް ކަމެކެވެ.

މީގެ އިތުރުން ކޭންއަށް އިންގްލޭންޑާ އެކު ޔުއެފާ ނޭޝަންސް ލީގުގެ ސެމީގައި ޖޫން މަހުގެ 6 ވަނަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އުމުރުން 25 އަހަރުގެ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް ޓޮޓެންހަމްއަށް ކުޅުނު 38 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި މިހާތަނަށް ހޭދަކުރި 10 ސީޒަނުގައި ކުޅުނު ޖުމްލަ 250 މެޗުން 164 ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކޭން ވަނީ އިންގްލޭންޑް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 37 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް