22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މާކަސް ރަޝްފޯޑް

ޔުނައިޓެޑާ އެކު ރަޝްފޯޑް ހަދާ އައު އެއްބަސްވުމުގެ އަގު 78 މިލިއަން ޕައުންޑަށް!

  • ރަޝްފޯޑް އެއްބަސްވުން އާކުރަނީ އިތުރު ފަސް އަހަރަށް
ލީވާން އަލީ | MrLeevaan

| 10 އޭޕުރިލް 2019 | ބުދަ 13:57 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑާއެކު އެ ކްލަބުގެ އިނގިރޭސި ފޯވާޑް ހަދާ އައު އެއްބަސްވުމުގެ އަގު 78 މިލިއަން ޕައުންޑަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިރާއިން ބުނީ، ޔުނައިޓެޑާ އެކު ރަޝްފޯޑް ހަދާ އައު އެއްބަސްވުމުގައި ސޮއިކުރުމާ ގާތަށް އައިސްފައިވާ ކަމަށާއި، ފަސް އަހަރަށް އާކުރާ އެއްބަސްވުމުގެ އަގު 78 މިލިއަން ޕައުންޑަށް އަރާ ކަމަށެވެ.

މި އެއްބަސްވުމާ އެކު އުމުރުން 21 އަހަރުގެ ރަޝްފޯޑްއަށް މިހާރު ހަފްތާއަކު ލިބެމުން އަންނަ 80،000 ޕައުންޑުގެ ބަދަލުގައި 300،000 ޕައުންޑަށް ބަދަލުވާނެއެވެ. އެއީ ކުރީގެ މުސާރައަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.

މި ސީޒަނަށް ފަހު ރަޝްފޯޑްގެ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔުނައިޓެޑުގެ އާ އެއްބަސްވުމާއެކު އޭނާ ކްލަބުގައި މަޑުކުރާނެކަމަށް ވަނީ ބެލެވިފައެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ކުރިން ދަތިވެފައިވާ ރަޝްފޯޑަށް އާ ކޯޗު ސޮލްޝެއާ ޓީމާ ހަވާލުވި ފަހުން މިހާރު ފުރަތަމަ 11 އިން ފުރުސަތު ލިބުން ވަނީ ގިނަވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 162 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާ އެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ރަޝްފޯޑް ވަނީ އެ ޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް