22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕޯޓޯ ބަލިކޮށް ލިވަޕޫލުން ސެމީގެ އުންމީދު އާކޮށްފި

  • ޕޯޓޯގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 10 އޭޕުރިލް 2019 | ބުދަ 13:19 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޗެމްޕިއަންސް ލީގުގައި ޕޯޓޯ ބަލިކޮށް ލިވަޕޫލުން ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕޯޓޯއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ފަސްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ނަބީ ކެއިޓާއެވެ.

މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން 26 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެލެގްޒެންޑްރާ އާނޯލްޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފިރްމީނޯއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތައް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ވެސް ހުސް ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި ޕޯޓޯއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތް ނުވެއެވެ.

ލިވަޕޫލް އަދި ޕޯޓޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ޕޯޓޯ ދަނޑުގައެވެ. ސެމީން ޖާގަ ކަށަވަރުކުރަން މި މެޗު ޕޯޓޯއިން ތިން ލަނޑުގެ ތަފާތުން ކާމިޔާބުކުރަން ޖެހޭނެއެވެ.

ލިވަޕޫލް އާއި ޕޯޓޯގެ ތެރެއިން ދެވަނަ ލެގުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ބާސެލޯނާއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް