22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

މަންތާ އެއާ

މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫ އަށް ފަށަނީ

  • ދުވާލަކު ދެ ފްލައިޓް ދަތުރުކުރަން ހަމަޖެހިފައިވޭ
އަލީ ސަމާޚް | AliSamah8

| 10 އޭޕުރިލް 2019 | ބުދަ 13:18 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


މަންތާ އެއާލައިންގެ ފްލައިޓެއް: ކްރޫންތަކެއް ހުއްޓިލައިގެން -- ގޫގުލް

މަންތާ އެއާލައިންގެ ދަތުރުތައް ބުރާސްފަތި ދުވަހު ބ. ދަރަވަންދޫ ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މަންތާ އެއާރގެ ދަތުރުތައް ދަރަވަންދޫ އަށް ފަށާއިރު އެ ކުންފުނިން ވަނީ ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. އެއީ ބޮޑު މީހަކަށް ކޮޅަކަށް 499 ރުފިޔާއެވެ. އަދި ކުޑަކުއްޖަކަށް ކޮޅަކަށް 249 ރުފިޔާއެވެ.

އެޑްވާންސްކޮށް ޓިކެޓް ބުކް ކުރާ ފަރާތްތަކަށް 549 ރުފިޔާއިން ފެށިގެން ޓިކެޓް ގަންނަން ލިބޭނެއެވެ. ފުރަތަމަ ދުވާލަކު ދެ ފްލައިޓް ދަތުރު ކުރަން ހަމަޖެހިފައިވާއިރު، ކުރިޔަށް އޮތްތާގައި ތިން ފްލައިޓް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަންތާއިން މައުލޫމާތުދެއެވެ. މަންތާގެ ޓިކެޓްތައް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

 

މަންތާ އެއާގެ ސީއެމްއޯ އަހުމަދު މައުމޫނު ވިދާޅުވީ، ދަރަވަންދޫ އަށް ދަތުރު ފެށުމުގެ ސަބަބުން އެސަރަހައްދަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އެ އެއާލައިނުން ދޭ ހިދުމަތަކީ އެންމެ ރަނގަޅު އަދި ކަސްޓަމަރުން ހިތްހަމަ ޖެހޭ ފެންވަރުގެ ހިދުމަތަކަށްވުން ކަމަށް އޭނާ ވިދާޅުވިއެވެ. މަންތާ އެއާލައިންގެ ފުރަތަމަ ފްލައިޓް މާލެ އައިސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މަންތާ އިން ވަނީ މިހާތަނަށް ތިން ފްލައިޓެއް ރާއްޖެ ގެނެސްފައެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ދ. ކުޑަހުވަދޫ އަށެވެ. މަންތާގެ ދަތުރުތައް ތ. ތިމަރަފުއްޓަށް ކުރަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ވަނީ މީގެ ކުރިން ބުނެފައެވެ. މަންތާ ސީޕްލޭން ދަތުރުތައް މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިދިޔަ އަހަރުތެރޭ ވަނީ ބުނެފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި މަންތާގެ އިތުރުން މޯލްޑިވިއަންގެ އިތުރުން ފްލައިމީ ހަރަކާތްތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް