22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މަގޭ ރިޕޯޓު

ލިބުނު މެޖޯރިޓީއަކީ އަމާނާތެއް، އިންތިޚާބުން ދަސްވީ ފިލާވަޅުތަކެއް

  • އެމްޑީޕީއިން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކާމިޔާބުކޮށްފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 9 އޭޕުރިލް 2019 | އަންގާރަ 18:18 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން -- އެމްޑީޕީ

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން ދިޔައިރު، އެ އިންތިޚާބުގެ ނަތީޖާ ނިކުންނާނެ ގޮތް އެކި މީހުން ގޮތްގޮތަށް ދިޔައީ ލަފާ ކުރަމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ، އެ އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބު ކުރާނެކަން އޭރުވެސް ގިނަބަޔަކު ޔަޤީންކުރިއެވެ. ނަމަވެސް އިންތިޚާބަށްފަހު ކަށަވަރުވި ނަތީޖާއަކީ މަދު ބަޔަކު ނޫނީ ޔަޤީންކަމާއިއެކު ލަފާކުރި ނަތީޖާއެއް ނޫނެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ މިހާރު ގާތްގަނޑަކަށް މުޅީން ކަށަވަރު ވެފައިވާއިރު، އެ އިންތިޚާބުގައި މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަށްވުރެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއިން އެކަނި އެވަނީ ކަށަވަރުކޮށްފައެވެ. އެން އައިނަކަށް ދާ އަޅައި އެން ދަމާލާހެން އެމްޑީޕީން ގޮނޑިތައް ދަމާލިއިރު، މި ލިބުނު އަޣުލަބިއްޔަތާއިއެކު، އެ ޕާޓީން ބޭނުންވެއްޖެ ނަމަ 19 ވަނަ މަޖިލީހުގެ ތެރޭގައި އެ ޕާޓީއަށް އެކަނިމާއެކަނި ނުކުރެވޭނެ ހަމަ އެއް ކަމެއްވެސް ނެތެވެ. އެއީ އެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރުން ކަމުގައިވިޔަސް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުން ކަމުގައިވިޔަސްމެއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދިނުމަށް ރައްޔިތުން ނިންމި މައިގަނޑު ސަބަބަކީ އެޖެންޑާ19 އެވެ. އެމްޑީޕީން އެޖެންޑާ19 ގައި ހިމަނާފައިވާ އަސާސްތަކެވެ. ރައްޔިތުން ވޯޓުދިނީ ބޯހިޔާވަހިކަން ޔަޤީން ކުރުމަށެވެ. ރައްޔިތުން ވޯޓުދިނީ އަތޮޅު ނަފާ އަތޮޅުގައި ހަރުލެއްވުމަށެވެ. ރައްޔިތުން ވޯޓުދިނީ އެންމެ ކުޑަ އުޖޫރަ ކަށަވަރު ކުރުމަށެވެ. ރައްޔިތުން ވޯޓުދިނީ ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށެވެ. ރައްޔިތުން ވޯޓުދިނީ އިންސާފު ޤާއިމް ކުރުމަށެވެ.

މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ވިސްނަވަންވީ ކަމަކީ އެއީއެވެ. ތިމާއީ އިއްޒަތްތެރި މެންބަރު ކަމުގައި ނުދެކޭށެވެ. ތިމާއީ ރައްޔިތުންގެ އިޚުލާސްތެރި ޚާދިމެއް ކަމަށް ޤަބޫލުކޮށް، މަޖިލީހުގެ ތަޅުމުގައި ތިބާ ބުނާ ކޮންމެ ބަހަކީ ރައްޔިތުންގެ ޙައްޤުގައި ބުނާ ބަހަކަށް ހަދާށެވެ. ނިމިގެންމިދާ މަޖިލީހުގައި ތިބި ކުރީގެ ސަރުކާރަށް ތާޢީދު ކުރާ ފަރާތްތައް ފަދައިން ސަރުކާރުން ފޮނުވާ ކޮންމެ ބިލެއްގައި ރަބަރު ތައްގަނޑުޖަހާ ބަޔަކަށް ތިޔަ މެންބަރުން ނުވާށެވެ. ސުވާލު ކުރާށެވެ. ސަރުކާރު ޒިންމާދާރު ކުރުވާށެވެ. މައި ޕާޓީއަކަށް އެމްޑީޕީ އޮވެ ހިންގާ ސަރުކާރަކަށްވީތީ ސަރުކާރުން ކުރާ ހުރިހާކަމެއް ވަރިހަވެގެން ނުތިބޭށެވެ. ސަރުކާރުން ފޮނުވާ ބިލްތަކަށް އިލްމީ، ބަހުޡްތައް މަޖިލީހުގެ ތަޅުމުގައި ކުރާށެވެ. ތިޔަ މެންބަރުންނަށް އެންމެ ފުރިހަމައަށް ގޮތްފާޑު އެނގިވަޑައި ނުގަންނަވާ ކަންކަމުގައި މި މުޖުތަމަޢުގައި ތިބި އެ ކަންކަން އެނގޭ ފަންނުވެރިންނާއި، ތަޖުރިބާކާރުންގެ ލަފާ ހޯދާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަކި ރައްޔިތުން ހެއްވާލާނެ ދައުރަކަށް ހެދުމުގައި ތިޔައިން ކޮންމެ މެންބަރެއްގެ އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން މުހިއްމެވެ.

ނިމިގެންދިޔަ އިންތިޚާބަކީ ގިނަ ފިލާވަޅުތަކެއްވެސް ދަސްކޮށްދިން އިންތިޚާބެކެވެ. ރައްޔިތުން ސާފު ބަހުން ރައީސް ޢަބްދުﷲ ޔާމީން އާއި އެމަނިކުފާނާއި އެކު މަސައްކަތް ކުރި ގިނަ ބަޔަކަށް ނޫނެކޭ ބުންޏެވެ. ހަޤީޤަތުގައި ރައްޔިތުން ނޫނެކޭ އެ ބުނީ އެ މެންބަރުން ހިންގި އަމަލުތަކަށެވެ. ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތާއި ރައީސް ޔާމީންގެ މަސްލަހަތު އިސްކުރި ކުރުމަށެވެ. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބެ އެ މެންބަރުން މުއްސަނދި ވީއިރު ރައްޔިތުން ބިކަ ހާލުގައި އުޅެންޖެހުމުން، އޭގެ ބަދަލު ރައްޔިތުން އެ ދިނީ ވޯޓުންނެވެ.

މި އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅެކެވެ. ރެޑްލީފް ގަލަމެއްގެ ދޯރި ހިފައިގެން މަޖިލީހަށް ވަންނަ މެންބަރުން މަހުޖަނުންގެ ގޮތުގައި ދައުރު ނިންމާ ވާހަކައެވެ. ރައްޔިތުންނަށް އެގޮތް ކަމަކު ނުދިޔައެވެ. ރައްޔިތުން ރޮއްވާފައި ރޮލެކްސް ގަޑިއާއި ކޯހިނޫރު އަނގޮޓި އަޅައިގެން ޗޮކުލެޓު ބަންދުކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބޭކަށް ރައްޔިތުން ނޭދެއެވެ. ނުރުހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް