24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ވެލާ

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

  • މި ސަރަހައްދަކީ އަބަދުވެސް ވެލާ އަރައި ބިސްއަޅާ ސަރަހައްދެއް
އާމިނަތު ނުޒުހާ | nuzu8121

| 9 އޭޕުރިލް 2019 | އަންގާރަ 17:44 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މާފަރަށް ބިސް އަޅަން އެރި ވެލާ އެއާޕޯޓް ރަންވޭ މަތީގައި -- ޓްވިޓަރ

މި ފޮޓޯއިން ހިތެއް ހުރި މީހަކަށް އަސަރު ކުރާނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދީ އެއީ ހަމަ އަސްލުތޯ ނުވަތަ ނޫންތޯއެވެ؟ ގަބޫލުކުރަން ދަތިވިނަމަވެސް ތިއޮތީ ހަގީގަތް ފެންނާށެވެ.

ގުދުރަތީ ރީތި މުއްސަނދިކަން ލިބިފައިވާ، އަދި މި ރީތި މާހައުލުގައިވާ އެތަކެއް ދިރޭތަކެތީގެ ގެދޮރުތައް ނައްތާލާ ސުންނާފަތިކޮށް ހަލާކުކޮށްލަނީ ތަރައްގީއަށް އަޅާލެވޭ އޮލަ ކަޅު ތާރު ގަނޑާއެކުއެވެ. ކޮންމެ ދެރަށެއްގެ ދޭތެރޭ އެއާޕޯޓެއް އަޅާން ޖެހެއެވެ. އެކަމަކު ޖަޒީރާ ރާއްޖެއޭ ވެސް ކިޔާން ޖެހެއެވެ.

ދިވެހި ރާއްޖޭގެ ހިތްގައިމު ގުދުރަތީ ވެށިގައި ލައްވާފައިވާ، ވެލާ ކަނހަބާއި މަސްމަހާމެއްސާއި އެތަކެއް ދިރޭ ތަކެތީގެ ވެށީގެ ނުވަތަ އެތަކެތީގެ "ހެބިޓެޓް"ގެ ތެރެއިން ތަރައްގީއަށް ކިތައް ތަން އަޅުގަނޑުމެން ހަލާކުކޮށްލައިފިންކަން އެނގޭބާއެވެ.

ފޮޓޯއަށް ބައްލަވާށެވެ. ނ. މާފަރެވެ. ގުދުރަތީ ރީތި ކަމެއް އިންތިހާއަށް ލިބިފައި އޮތް، ވެލާ އަރައި ބިސްއެޅުމަށް މަޝްހޫރު ރަށެކެވެ. ޚާއްސަކޮށް އެއާޕޯޓް އަޅާފައިވާ ސަރަަހައްދެވެ. މާފަރު މީހަކު ކިޔައިދިން ގޮތުގައި ރަންވޭގެ ދެކުނު ކޮޅުން އިރުމައްޗަށްވާ ގޮތަށް އޮންނަ ސަރަހައްދަކީ ވެލާ އަރާ ބިސް އަޅަން މަޝްހޫރު ސަރަހައްދެވެ.

އާދައިގެ މަތިން ވެލާ އެރީ އެ ސަރަހައްދަށް ބިސް އަޅާށެވެ. އެސޮރަށް އެނގޭނީ ކޮން އެއްޗެއްތޯއެވެ. ކުރިން ވެސް ބިސް އެޅި އެތަނަށެވެ. އެ ދުވަހު އޮތީ ރީތި ދޮންވެލިގަނޑެވެ. އެކަމަކު މިއަދު ބިސްއަޅަން އަރައި ހަމައަށް ބިސް ނޭޅެނީސް އެސޮރަށް ވެސް ދެނެގަނެވިއްޖެއެވެ. އެޅުނީ އެންމެ ތިން ބިހެވެ.

ބިސް އެޅުނީ ހަރުހިލަ ގަނޑެއްގެ މައްޗަށްކަން އެނގުމާ އެކު، އެސޮރު އެތާކު ދެން އިތުރަށް މަޑުކުރާކަށް ނުވިސްނިއެވެ. އިންސާނުންގެ ހިތް ހިލަކަމާއެވެ. އެސޮރު ބިސްއަޅަން އެރީ ފަސްގަނޑަށެވެ. އެތާ ތާރު އެޅީ ތަރަށްގީއަށްޓަކައި އިންސާނުންނެވެ.

މާފަރު އެއާޕޯޓް ރަންވޭ މައްޗަށް ބިސްއެޅި ވެލާ

މާފަރަކީ ގުދުރަތީ ރީތިކަމެއް ލިބިފައި އޮތް ރަށެއް ކަަމަށް ބުނެ، އެރަށުގައި ކުރީގެ ސަރުކާރުން އެއާޕޯޓެއް އަޅަން ނިންމުމުން އެކަމާއި ދިވެހިންގެ އެތަށް ބަޔަކު އިހުތިޖާޖުކުރިއެވެ. ޚާއްސަކޮަށް ރާއްޖޭގެ ނާޒުކު ތިމާވެެއްޓާއި މެދު ވިސްނާ އެތަށް ބަޔަކު އެކަމާއި ނުރުހުން ފާޅުކުރިއެވެ. އެއަޑެއް ނޭހިއެވެ.

ވެލައަކީ، ދެފަސްބެދުނު ހިސާބު ވެލިގަނޑަށް ބިސްއަޅާ އެއްޗެއް ނަމަވެސް މިއަދު މާފަރު ރަންވޭއަށް އެސޮރު ބިސްއެޅުމުން އެތަށް ވާހަކައެއް ބުނެދެއެވެ. ނިކަން ވިސްނަވާށެވެ.އެސޮރުގެ ތަބީ އަތުގައިވާގޮތުން ބިސް އަޅާނީ ކުޑަކޮށް ކޮނެލުމަށްފަހުގައެވެ. އަދި އެއަށް ފަސްއަޅާ ފޮރުވާވެސްލައެވެ. އެއީ އެބިސްތައް ރައްކާތެރިކޮށް އޭގެ ނަސްލު އިތުރުކުރުމަށް އޮންނަ ތަބީއަތާއި އެއްގޮތަށެވެ. އެކަމަކު މިއަދު އެސޮރު ބިސްއެޅީ ނުކޮނެ ރަންވޭގެ މެދަށެވެ.

މިއީ އެސޮރުގެ އިހުތިޖާޖަކަށް ނުވޭތޯއެވެ. ވެލާގެ މި އަމަލުން އަޅުގަނޑުމެން އިންސާނުންގެ ބުއްދިއަށް އެއްޗެއް ނުވިސްނޭތޯއެވެ. ކޮންމެ ދެރަށެއްގެ ދޭތެރޭ އެއާޕޯޓެއް އަޅައި މި ވެށިން ދިރޭތަކެތީގެ ނަސްލު ފުލެލާންވީ ތޯއެވެ. އެތަކެތި ﷲ ލެއްވީ އަޅުގަނޑުމެންނަށް ޓަކައެެވެ.

އެހެންކަމުން ދިރޭތަކެއްޗާއި އެކުގައި އުޅެން ދަސްނުވާނަމަ ތަހުޒީބާއި ތަމައްދުނާއި ތަރައްގީގެ ބޭނުމެއް ބުނެދީ ބަލާށެވެ.

މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަކީ ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި މާފަރު އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Yaameen

2 ހަފްތާކުރިން

Thidhen hajam nuviyas boduvaru. Thikahala drama nukulhunas vaanedhw

0
0