22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފި

  • ޗެލްސީ މެޗު ކާމިޔާބުކުރީ ވެސްޓްހަމް އާއި ވާދަކޮށް 0-2
  • ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ހަޒާޑް
މިއުނާ ހަސަން | @miuna_hassan

| 9 އޭޕުރިލް 2019 | އަންގާރަ 15:15 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗެލްސީގެ ކުޅުންތެރިންތަކެއް -- ގޫގުލް

އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް، ޗެލްސީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ. 

ޗެލްސީ މެޗު ކާމިޔާބުކުރީ ވެސްޓްހަމް އާއި ވާދަކޮށް 0-2ގެ ނަތީޖާ އަކުންނެވެ. 

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައި ވަނީ ޗެލްސީންނެވެ. މެޗުގައި ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި ޗެލްސީން ވަނީ ލީޑް ނަގާފައެވެ. 

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ރުބެން ލޮފްޓަސް ޗީކްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އީޑެން ހަޒާޑްއެވެ.

މި ލަނޑަށް ފަހުގައި ވެސް ޗެލްސީން ވަނީ ވެސްޓްހަމްގެ ފަހަތަށް ބާރު ބޮޑުކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ވެސްޓްހަމްގެ ޑިފެންޑަރުން ވަނީ އެ ހަމަލާތަށް ދިފާއު ކޮށްފައެވެ. 

ޗެލްސީގެ އިތުން ވެސްޓްހަމްއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޗެލްސީ ލީޑްގައި އޮވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން ޗެލްސީގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ ވެސްޓްހަމްގެ ފަހަތަށް ބާރު ބޮޑު ކޮށްފައެވެ. ވެސްޓްހަމްއަށް މި ހާފްގައި ރަނގޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. 

ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ރޮސް ބަރކްލޭގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އީޑެން ހަޒާޑްއެވެ. 

ހަޒާޑްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ޗެލްސީން އެކަމަށް އެއްބަސްނުވާތީ އަދި އެކަން ކާމިޔާބު ނުވެއެވެ.

ރެއާލްގެ އިތުރުން ވެސް ގިނަ ކްލަބްތަކުން އަންނަނީ ހަޒާޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައް ވެސް ހިމެނެއެވެ. ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ހެޒާޑްގެ ދެ ލަނޑާއެކު ޗެލްސީ މެޗު ކާމިޔާބު ކުރިއިރު، އޭނާ މިވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 342 މެޗުން 108 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާއި އެކު ޗެލްސީ ތާވަލުގެ ތިން ވަނަ އަށް ޖެހިލީ 33 މެޗުން ހޯދި 66 ޕޮއިންޓް އެކުއެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އަށް 32 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ފަސް ވަނައިގައި އޮތީ 32 މެޗުން ހޯދި 63 ޕޮއިންޓާއެކުވެ. ހަ ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 32 މެޗުން 61 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް