22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އެމްއެމްޕީއާރުސީ ރޯޑްޝޯވް

ސައުތު އެފްރިކާގައި ރާއްޖެ ޕުރޮމޯޓު ކުރުމަށްޓަކައި އެމް.އެމް.ޕީ.އާރް.ސީއިން ހަރަކާތްތަކެއް ފަށައިފި

  • މިރޯޑްޝޯވްއަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން
ރިޒުނާ ޒަރީރު | RiznaZareer

| 9 އޭޕުރިލް 2019 | އަންގާރަ 15:09 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެމްއެމްޕީއާރްސީން އެފްރިކާގައި ކުރިއަށްގެންދާ ރޯޑްޝޯވ -- ރާއްޖެއެމްވީ

ދިވެހިރާއްޖެ ސައުތު އެފްރިކާގައި އިތުރަށް ޕުރޮމޯޓު ކުރުމައްޓަކައި އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚަރަކާތްތައް ފަށައިފިއެވެ.

މިގޮތުން ފުރަތަމަ ކުރިއަށް ދަނީ "ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ހިންގާ ރޯޑްޝޯއެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.. މިސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ފެށިގެންކުރިއަށް ދަނީ ސައުތު އެފްރިކާގެ ޖޮހަނަސްބާރގް އަދި ކޭޕްޓައުން ގައި 8 އޭޕްރިލުން ފެށިގެން 9 އޭޕްރީލްގެ ނިޔަލަށެވެ.

ސައުތު އެފްރިކާ ރޯޑްޝޯއަށް ފަހު އެމް.އެމް.ޕީ.އާރް.ސީ އާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ ތަމްސީލްކުރުމަށްޓަކައި ޑަބްލިއުޓީއެމް އެފްރިކާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދެދުވަހުގެ  މުއްދަތަށް ކުރިއަށްދާ މި ރޯޑްޝޯގައި ރާއްޖެ އިސްތިހާރުކުރުމަށް ޓަކައި ސޯޝަލްމީޑިއާ ކެންޕެއިންގެ އިތުރުން ދިވެހި ކާނާ  ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ރޮބިންސަން ކްލަބް މޯލްޑިވްސް، ވިލާހޮޓެލްސް އަދި ކުރައުން އެންޑް ޗަންޕާ ހޮޓެލްސްއިންނެވެ.

އެމްއެމްޕީއާރްސީން އެފްރިކާގައި ކުރިއަށްގެންދާ ރޯޑްޝޯވ

މި  ދެ ޙަރަކާތުގައި ސައުތު އެފްރިކާގެ ޓޮޕް އޮޕަރޭޓަރުންނާއި ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރު ކުރާނެއެވެ. އެހެންކަމުން "ޖާރނީ ޓު ދަ ސަނީ ސައިޑް" އަދި ޑަބްލިއުޓީއެމް އެފްރިކާ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސައުތު އެފްރިކާ މާކެޓައް އިތުރަށް ވަނުމަށް އެހީތެރިވެދޭނެ އެވެ.

މިއީ ސައުތު އެފްރިކާގައި ރާއްޖެ ތަމްސީލް ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށްވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ސައުތު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް ހުރީ 9.9 ޕަސެންޓުގައެވެ. ސައުތު އެފްރިކާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގަވައިދުން ދަތުރުތައް ފެށިފައިވުމާއެކު، ފަތުރުވެރި ކަމަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ފަތުރުވެރިކަމުގައި ހަރަކާތް ތެރިވާ ފަރާތް ތަކުންނާއި އެމް.އެމް.ޕީ.އާރް.ސީން ދަނީ ދެކެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް