24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އިންޓަރ ސްކޫލް ފުޓުބޯލް

އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވީއައިއެޗްއެސް ހޯދައިފި

  • ވީއައިއެޗްއެސް މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި 0-2 އަކުން ސީއެޗްއެސްއީ ބަލިކޮށްގެން
މިއުނާ ހަސަން | @miuna_hassan

| 8 އޭޕުރިލް 2019 | ހޯމަ 22:03 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް -- އެފްއޭއެމް

މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ހޯދައިފިއެވެ. 

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް މެޗު ކާމިޔާބު ކުރީ ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި ވާދަކޮށް 0-2 ގެ ނަތީޖާ އަކުންނެވެ. 

ދިރާގުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާއިން ނެގިއިރު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. 

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ވީއައިއެޗްއެސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފްގެ ފަހުކޮޅު ލީޑް ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ވީއައިއެޗްއެސްއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސަމާހު އެވެ. 

ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ވީއައިއެޗްއެސް ލީޑްގައި އޮވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން ސީއެޗްއެސްއީގެ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން އެޓީމުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް މާ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. 

މި ހާފްގައި ވީއައިއެޗްއެސްއިން ވަނީ ސީއެޗްއެސްއީގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަަތީޖާއެއްގެ ގޮތުން މެޗުގެ ނިމެން ގާތް ވެފައި ވަނިކޮށް ވީއައިއެޗްއެސްއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ. 

ވީއައިއެޗްއެސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަހުމަދު ސަމާހުގެ އެހީތެރި ކަމާއެކު އިބްރާހިމް އިމްރާންއެވެ. 

މި މުބާރާތުގެ އެނެމެ މޮޅު 10 ކުޅުންތެރިން ތެރޭގައި ހިމެނިފައިވަނީ ވިލާ ކޮލެޖްގެ އިބްރާހިމް އިމްރާން، އަހުމަދު ސަމާހުގެ އިތުރުން އިސްމާއިލް މިމްރާހު މުއީން އާއި މުހައްމަދު ލޫތު އިބްރާހިމް އަދި ހަމްދޫން އަބްދުލް ލަތީފް، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ސީއެޗްއެސްއީގެ މުހައްމަދު މާއިޝް މައުސޫމް، މުހައްމަދު މިންވާލް އާއި އިސްމާއިލް ރިޔާޝްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ރައްޒާން އިބްރާހިމް އާއި ގާޒީ ސްކޫލުގެ މިޖްދަފް އަބްދުލް މަޖީދްއެވެ. 

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދާފައިވަނީ ވީއައިއެޗްއެސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމްއެވެ. 

އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރަތަކީ މިވަގުތު ކްލަބް ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ކުޅެމުން އަންނަ މޮޅު ކުޅުންތެރިންތަކެއްގެ ފެށުމެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް